އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އަދަބު ބޮޑުކުރަން ދެކޮޅު ހެދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ ހިމެނި ވަޑައިގަންނަވައެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނާ ދެކޮޅު އަމަލުތައް ހިންގާ މީހުންނަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބުގެ ދަރަޖަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި ބިލާއި ދެކޮޅަށް ވާހަކަ ދައްކައި އެބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި މީހުންގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރ މުގުނީ ހިމެނި ވަޑައިގަންނަވައެވެ.
މުޤުނީގެ އިތުރުން 23 މެމްބަރުން ވަނީ މިބިލާއި ދެކޮޅަށް ވޯޓު ދެއްވާފައެވެ. ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ.

ދީނަށް ފުރައްސާރަ ކުރުމާއި ލިވާތުކުރުމާގެ އަދަބު ބޮޑު ކުރުމަށް ދެކޮޅު ހެދި މެމްބަރުން – ފޮޓޯ: ދިޔަރެސް
ދީނަށް ދުރައްސާރަކުރުމާއި ލިވާތުކުރުން ފަދަ އަމަލުތަކަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންނަމަވެސް ގާސިމް އިސްލާހު ހުށަހެޅުއްވީ އެ ކުށް ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށެވެ. މިބިލަށް އިސްލާހު ގެނައުމުން އެފަދަ އަމަލުތައް ކުރާ މީހުންނަށް 10 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.
އެހެންނަމަވެސް މިބިލް ބަލައި ނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްފައެވެ.
މިހާރަކަށް އައިސް ރާއްޖޭގައި ލިވާތުކުރުން މިދަނީ އާންމު ވަމުންނެވެ. މިކަމުގެ ފަހަތުގައި ފިލާތިބި ބޮޑެތި މީހުން ހާމަވެގެން ދިޔަނަމަވެސް އެމީހުންނަށް މާބޮޑު އަދަބެއް ދީފައި ނެތެވެ. ކަން މިހެން އޮތުމާއެކު މިފަދަ ބިލްތައް މަޖިލީހުން ބޭރުކުރަން އެއްބާރުލުން ދިނުމަކީވެސް ފާހިޝް އަމަލުތަކަށް އަރައިގަތުމަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.


ލިވާތުކުޅިކުޅޭމީހުންނާއި ލާދީނީ މީހުން މަޖުލީހަށް ހޮވާމީހުންނަކީވެސްމިކަމުގެޒިންމާ ނަގަންޖެހޭބައެކެވެ.
މީނާޔަކީވެސް މިކަމުގެ އަޑުރާފައިވާމީހެއް