ޚަބަރު
ކޮންޓެއިނަރު ތަކެއްގެ މަތިން ވެއްޓި މީހަކަށް އަނިޔާ ވެއްޖެ

މާލޭ ޕޯޓު ސަރަހައްދުގައި ހުރި ކޮންޓެއިނަރު ތަކެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

ކޮންޓެއިނަރު ބަރި މަތިން ވެއްޓިފައި ވަނީ މާލޭ ޕޯޓުގައި މަސައްކަތް ކުރާ އެމްޕީއެލްގެ މުވައްޒަފަކެވެ.

ރޭ އިރާކޮޅު ހިނގި މިހާދިސާ ގައި އެ މުވައްޒަފުގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް އެމްޕީއެލްގެ ސްޕޯކްސްޕާސަން ވިދާޅުވެއެވެ. އަދި މި ހާދިސާ ހިނގީ ހަރުގަނޑެއް ބޭނުންކޮށްގެން ދެ ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރު ބަރިއެއްގެ މަތީގައި ހުރެފައި ތިން ބަރިއަށް ޖަހާފައި ހުރި ބަރިއެއްގެ މައްޗަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެނާ ވެއްޓުނު އިރުު ސަލާމަތީ ގޮތުން އަޅަންޖެހޭ ސަމާނު އަޅާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވެއްޓުނު މުވައްޒަފު ކޮނޑުހުޅާ އުޅަބޮއްޓާ ދޭތެރޭ އިންނަ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި، އިތުރު އަނިޔާ އެއް ނުވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ރަގަޅު ކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އަނިޔާވި އެމްޕީއެލްގެ މުވައްޒަފަށް އެންމެ ފުރަތަމަ ފަރުވާދިނީ އައިޖީއެމްއެޗް ގައެވެ. އަދި އެމަރޖެންސީ ކޮށް އޮޕަރޭޝަނެއް ކުރުމަށް ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ޓްރާންސްފާ ކުރެވިފައެވެ.

މާލޭ ޕޯޓު ސަރަހައްދަކީ މަސައްކަތުގެ ތެރޭގައި މަދު މަދުން ނަމަވެސް މިފަދަ ހާދިސާތަކެއް ހިންގާ ތަނެކެވެ. އަދި މިފަދަ ހާދިސާތަކުގައި މީހުންނަށް ސީރިއަސް އަނިޔާތަކެއްވާ ފަހަރުވެސް އާދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!