އިތުބާރު ހިފޭ މަޤާމެއްގައި ހުންނެވި ބޭފުޅަކު ކުޑަކުއްޖަކާއި ބެހިގެން 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ބޭފުޅަކު އިތުބާރު ހިފޭ މަޤާމެއްގައި ހުންނަވައިގެން ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މައުލޫމާތުލިބޭ ގޮތުގައި މިމައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދުވުނުއިރު އޭނާ ވަނީ އެކުށަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ހުށަހަޅާފައެވެ. އެހެންކަމުން މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހައި ހެކި ގަރީނާއަށް ބަލާއިރު، ކުޑައްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް އޭނަގެ މައްޗަށް މިވަނީ ސާބިތުވެފައެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުގައިވާތީ މައްސަލައިގެ ތަފްސީލެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ.