ޚަބަރު
އަރައިރުމެއްގެ ތެރެއިން ޒުވާނެއްގެ ބަނޑަށް ވަޅި ހަރައި ޒަޚަމްކޮށްލައިފި

ށ. މާއުނގޫދޫގައި ދެމީހުންގެ ދެމެދު ހިނގާދިޔަ އަރައިރުމެއްގެ ތެރެއިން ޒުވާނެއްގެ ބަނޑަށް ވަޅި ހަރައި ޒަޚަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބުނުގޮތުގައި މާއުނގޫދޫގައި ދެޒުވާނުންގެ ދެމެދު ހިނގާދިޔަ ޒުވާބެއްގެ ތެރެއިން އެކަކުގެ ބަނޑަށް ވަޅި ހަރައި ވަނީ ޒަޚަމްކޮށްލާފައެވެ. މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:00 އެހާކަންހާއިރުގައެވެ.

އަނިޔާލިބުނު މީހާއަށް އެރަށު ސިއްޚީ މަރުކަޒުން ފަރުވާ ދިނުމުންވެސް ހާލު ސީރިޔަސް ވުމުން އޭނާ މިހާރު ވަނީ އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަނިޔާ ލިބުނު ޒުވާނާއަކީ ރިސޯޓެއްގައި މަސައްކަތްކުރަމުންގެންދާ މީހެކެވެ. އަދި ހަމަލާދިނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އެމީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހަކަށް ކަމަށް ކައުންސިލުން ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.

މައުލޫމާތު ލިބޭގޮތުގައި ހަމަލާ ދިން މީހާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!