ޚަބަރު
މިނިސްޓްރީގެ އެންގުމާމެދު ޝަހީމް ކަންބޮޑުވުން ފާޅު ކޮށްފި

18 އަހަރުން ދަށުގެ ކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވަން އިސްލާމިކް މިނިސްޓްރީން އެންގި އެންގުމާމެދު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިނިސްޓްރީން ވަނީ އިމާމް ކޯސް ހަދާ ލައިސަންސް ލިބިފައިވާ ކުދިންނަށް ވެސް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރެވޭނީ ވަޒީފާ ލިބުމުން ނުވަތަ އިމާމަކު ޗުއްޓީއަށް ނުވަތަ އެހެން ކަމެއް ދިމާވެގެން ވިޔަސް ގަޑިއަށް މިސްކިތަށް ނުދެވޭ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ކަމަށް ބުނެފައެވެ.

މިގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ އިމާމުކޯހުގައި ކިޔަވާ ދަރިވަރުންތަކެއް ލައްވައި މިސްކިތެއްގައި އިމާމުވެ ނަމާދު ކުރުވާ މައްސަލަ އަކާއި ގުޅިގެން ކަަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ޕްރެކްޓިސް ކުރުމަށް އިމާމު ކޯސް ހަދާ ކުދިން ލައްވައި އިމާމުވެ ނަމާދު ކުރުވި ކަން އެނގުނު ކަމަށެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން ކުޑަކުދިން ލައްވާ، އަދި ކޯސް ފުރިހަމަ ކޮށްފައި ހުރި ކުއްޖަކަށް ވެސް އެންމެ ކުޑަމިނުން ކުރެވޭނެ ކަމަކީ އިމާމުގެ ހާޒިރުގައި ބަންގި ގޮވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތްތަކުގައި އިމާމުވެ ކުޑަކުދިންނަށް ނަމާދު ކުރެވޭނީ އެކުދިންނަށް ވަޒީފާ ހަމަޖެހުމުން ކަމަށާއި އަދި އެނޫން ގޮތަކަށް ކުޑަކުދިން އިމާމުވެ މިސްކިތްތަކުގައި ނަމާދު ނުކުރެވޭނެ ކަމަށް އަންގައި ސާކިއުލާއެއް ފުނުވުމަށް މިނިސްޓްރީން ނިންމާފައިވަނީ އިއްޔެއެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ ޝަހީމް ވިދާޅުވީ ރަސްމީ އިމާމުން އަތުގައި ވަކި ފާހެއް އޮންނަން ޖެހުނު ނަމަވެސް ރީތިކޮށް ކިޔަވާ ގުރުއާން ހިތުދަސް ކުދިންނަށް ފުރުސަތު އެއްކޮށް ބަންދު ކޮށްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ނަމާދުގެ ހުކުމްތައް ދަންނަ ޝަރުއީ ގޮތުން ބާލިޣުވެފައިވާ 13-15 އަހަރުގެ ކުދިން އިމާމުގެ ނަމާދު ކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫނެވެ. އަދި މި އުމުރުގައި މިސްކިތަށް އެ ކުދިން ލޯބި ޖެއްސުމާއި މިސްކިތުން އެ ކުދިން ބަލައިގަންނަންކަން އިހުސާސްވާން ޖެހޭ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!