ޚަބަރު
އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ

އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހދ.ވައިކަރަދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރިކަމަށް ބުނާ މައްސަލައެއް ނޮވެމްބަރު 11 ވަނަ ދުވަހުގެރޭ 19:00 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ. އެހެންނަމަވެސް މިމައްސަލަ ތަހުޤީގުކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ވައިކަރަދޫ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނާގޮތުން އޭނަގެ މަންމައަށް ޖިންސީ ގޯނާކުރަން އުޅުނީ ލަނޑާ ނަގާ ދޯންޏެއްގައި އުޅޭ އެހެން ރަށެއްގެ ޒުވާން ފިރިހެން ކުއްޖެކެވެ. އެމީހާގެ ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ.

މައުލޫމާތުލިބޭ ގޮތުގައި އެފިރިހެންމީހާ އެއަންހެންމީހާގެ ގެޔަށް ގޮސް އޭނާ ހުރީ ވަރަށް ބަނޑުހައިވެފައިކަމަށާއި ކާއެއްޗެއް ދިނުމަށް ވަނީ އެދިފައެވެ. އެހެންކަމުން އޭނާއަކީ ބީރައްޓެއްސަކަށްވާތީ އިންސާނިއްޔަތަށްޓަކައި އޭނައަށް ކާންދޭންވެގެން އެއަންހެންމީހާ ދިޔައީ ކާން ހަދާށެވެ. ކާން ހެދުމަށްފަހު އެނބުރި އައިސް ބަލާލިއިރު އެފިރިހެން މީހާ ހުރީ ބަރަހަނާ ހާލުގައި ކަމަށާއި އެއަންހެން މީހާއަށް  ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!