ޚަބަރު
ރަހިމުގެ ސާޖަރީއެއް ކަމަށް ބުނެ 2 ކިޑްނީ ވަގަށް ނަގައިފި

އަވަށްޓެރި އިންޑިއާގެ ކްލިނިކަކަށް ދިޔަ އަންހެނެއްގެ ރަހިމުގެ އޮޕަރޭޝަނެއް ކަމަށް ބުނެ 2 ކިޑްނީ ވަގަށް ނަގައިފި ކަމަށް މީޑިޔާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

އިންޑިޔާގެ މީޑީޔާތަކުން ހާމަކުރާގޮތުގައި ބިހާރު އަވަށުގައި ދިރިއުޅޭ ސުނީތާ ދޭވީ ނަމަކަށް ކިޔައި 38 އަހަރުގެ އަންހެނަކު ޝުބަކަންތް ނާސިން ހޯމް ކެޔަރ އަށް ދިޔައީ ރަހިމުގެ އުދަގޫތަކާއި ދިމާވެގެންނެވެ. މިއަހަރު ސެޕްޓެމްބަރމަހު 03 ވަނަ އެކްލިނިކުން އޭނަގެ ރަހިމުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަން ސުނީތާއާއި ހަވާލާދީ މީޑީޔާ ރިޕޯޓްތައް ބުނެއެވެ.

ސުނީތާ ބުނާ ގޮތުގައި އެކްލިނިކުން އޭނާ ވަނީ ރަހިމުގެ ސާޖަރީއެއް ހަދާފައެވެ. އެހެންނަމަވެސް އާދަޔާ ޚިލާފަށް ބަޑުގައި ރިއްސާތީ ސުނީތާ ވަނީ ސްރީ ކްރިޝްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްއަށް ދައްކާފައެވެ.

މީޑިޔާ ރިޕޯޓްތަކުން ބުނާގޮތުގައި ސުނީތާގެ ދެކިޑްނީ ނެތްކަން އެގުނީ އެހިސާބުންނެވެ. ސްރީ ކްރިޝްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުން ޓެސްޓުތައް ހެދުމަށް ފަހުގައި އޭނާގެ 2 ކިޑްނީ ނަގައިފާވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އިންޑިޔާގެ ފުލުހުން ވިދާޅުވަނީ ޝުބަކަންތް ނާސިން ހޯމް ކެޔަރ އަކީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ކްލިނިކެއް ކަމަށާއި މި ކްލިނިކް ގައި އޮޕްރޭޝަން ކުރެވޭނެ ވަސީލަތްތައް ނެތްއިރު މިއީ ހުއްދަވެސް ދީފައިވާ ކްލިނިކް އެއް ނޫން ކަމަށެވެ. އަދި މި ކްލިނިކްގައި ކިޔަވާގެން ހުރި އެންމެ ޑޮކްޓަރުކުވެސް ނޫޅޭ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން މި ކްލިނިކްގެ ވެރި ފަރާތް ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލަ އަންނަނީ ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަންއިން ވެސް މިހާރު ބަލަމުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!