ރިޕޯޓް
އިސްތިބްދާދިއްޔަތު ނުވަތަ ޑިކްޓޭޓަޝިޕްއާ ބެހޭ ގޮތުން މީހުން ބުނެފައިވާ ވާހަކަ

1. މީސްތަކުންގެ ކިބައިގައި ސީޒަރުންނާއި ނެޕޯލިޔަނުންނަށް އަޅުކަންކުރުމުގެ އެދުން ހުރިހާ ހިނދަކު، އެ މީހުންގެ ތެރެއަށް ސީޒަރުންނާއި ނެޕޯލިޔަނުން ފާޅުވާނެއެވެ. އަދި، މީހުންގެ ކިބައިގައި އަމިއްލައަށް ވިސްނައި ފިކުރުކުރުމުގެ އެކަށޭނަކަށް ނެތްހާ ހިނދަކު، އެ ފަދަ ސީޒަރުންނާއި ނެޕޯލިޔަނުން އެ މީހުންގެ ރައުޔު އެއީ އެންމެ ރަނގަޅު އަދި އެންމެ މޮޅު ރައުޔު ކަމުގައި މީސްތަކުންގެ ތެރެއަށް ނެރެ މީސްތަކުންގެ މައްޗަށް ހިންގާލަން މަސައްކަތްކުރާނެއެވެ.

2. ތަނެއްގައި އިސްތިބްދާދިއްޔަތެއް، ޑިކްޓޭޓަޝިޕެއް، ގާއިމުވެދަނީ ޑިކްޓޭޓަރުންގެ ސަބަބަކުން ނޫނެވެ. އާންމު ރައްޔިތުންގެ ސަބަބުންނެވެ. އާންމު ރައްޔިތުން، ޑިކްޓޭޓަރުންގެ ވާހަކަތައް އަޑުއަހައި، އެ ވާހަކަތައް އަމިއްލަ ވިސްނުމުގެ ތަރާދުން ކިރާނުލައި، އަތްޖަހައި ޑިކްޓޭޓަރުންނަށް ޚުޝާމަދުކުރާތީއެވެ.

3. ރައްޔިތުންގެ ގާތަށް ޑިކްޓޭޓަރުން އަންނަނީކީ ޗާބޫކެއް ހިފައިގެންނެއް ނޫނެވެ. ރައްޔިތުންގެ ގާތަށް ޑިކްޓޭޓަރުން އަންނަނީ އެ މީހުންނަކީ އަނިޔާ ލިބޭ މަޒްލޫމުން ކަމުގައި ދައްކައި، ހަމްދަރުދީއަށް އެދި، އެ މީހުންގެ ސަލާންޖަހާ ނާށިގަނޑު ހިފައިގެންނެވެ.

4. ޖާހިލުކަމަކީ ޑިކްޓޭޓަރުން ހައްދާ ވިނައެކެވެ. ޑިކްޓޭޓަރުންގެ ވެރިކަމެއް، ޖަހާލުގެ ވިނަގަނޑު ނެތިކޮށްލާފައި އޮތް ތަނެއްގައި ނުހިންގޭނެއެވެ.

5. ރައްޔިތުންގެ ހިތްތަކަށް ކޮންމެ ޑިކްޓޭޓަރަކު ވެސް ވައްދާ ވާހަކައެއް އޮވެއެވެ. އޭނާއަކީ ޑިކްޓޭޓަރެއް ނޫން ކަމުގެ ވާހަކައެވެ!

6. ގައުމީ އަދި ސިޔާސީ ހޭލުންތެރިކަމެއް ނެތް ބައެއްގެ ތެރޭގައި ގާއިމުވާ ޑިމޮކުރަސީއެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ހަމައެކަނި އިޚްތިޔާރަކީ، ވޯޓުލާ ދުވަސްވަރު އެ މީހުންގެ މައްޗަށް ޑިކްޓޭޓަރަކު އިންތިޚާބުކުރުމުގެ ބާރެވެ. ދެން، ޑިކްޓޭޓަރަކު އިންތިޚާބުވުމުން، ރައްޔިތުންނަށް އޮންނަނީ އޭނާ ހެދި ގޮތަކަށް ރުހިގެން ތިބޭށެވެ. އޭނާ ގައުމު ވިއްކާލިޔަސް، އޭނާއަކީ ބައިނަލް އަގުވާމީ މީހެކޭ ބުނެ އޭނާއަށް ޚުޝާމަދުކޮށް ތައުރީފުގެ ބަސްތައް ކިޔުމުގައެވެ.

7. ޑިކްޓޭޓަރުންނަކީ ވަރަށް ވެސް ބަލިކަށި ބައެކެވެ. އެ މީހުންގެ ބާރު ގުޅިފައި އޮންނަނީ މީހުންގެ ޖާހިލުކަމާއެވެ.

8. ހުރިހާ ޑިކްޓޭޓަރުން ވެސް އެ މީހުންގެ ގައުމުތައް ހިންގަނީ، އެ މީހުން އެދޭހާ ގޮތަކީ ރައްޔިތުން ވެސް އެދޭ ގޮތް ކަމުގައި ބުނެ ރައްޔިތުންގެ ނަމުގައެވެ. ރައްޔިތުންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތަށް ބަލައިގެންނެއް ނޫނެވެ.

9. ގައުމީ ހޭލުންތެރި ކަމެއް ނެތް، ޒާތީ ޖާހިލީ ތައައްސުބެެއް ފެތުރިފައި އޮތް ތަނެއްގައި ދެ ވަނަ ފަހަރަށް ކީއްކުރަން ހެއްޔެވެ؟ ތިން ވަނަ ފަހަރަށް ނޫނީ ހަތަރު ވަނަ ފަހަރަށް ވެސް، ފޭލިވެފައިވާ ސިޔާސީ ވެރިންނަށް ގައުމު ދަރުވާލައި ގައުމު ހަލާކުކޮށްލުމުގެ ފުރުސަތު ލިބެއެވެ.

10. ޑިިކްޓޭޓަޝިޕެއް އެންމެ ފަސޭހައިން ގާއިމު ކުރެވޭނީ ޑިމޮކުރަސީގެ ނިޒާމު ގާއިމުކުރަން އެނގޭނީ ހަމައެކަނި ތިމަންނައަށޭ ބުނޭ މީހާއަށެވެ!

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!