ހއ އުލިގަމުގައި، ފުޓްސަލް ގޯލެއް ވެއްޓި ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ.
ހާދިސާ ހިނގީ މިއަދު ހަވީރު ހއ އުލިގަމުގައި ކުޑަކުދިންތަކެއް ފުޓްބޯޅަ ކުޅެން އުޅުމުގެ ތެރޭގަ އެވެ. ފުޓްސަލް ކުޅޭ ސައިޒުގެ މި ގޯލު ވެއްޓިފައި ވަނީ ނުވަ އަހަރުގެ ފިރިހެން ކުއްޖާގެ ބޯ މައްޗަށެވެ. އަނިޔާވުމުން ކުއްޖާ ގެންދެވުނީ އުލިގަމު ހެލްތު ސެންޓަރަށެވެ.
މި ބަރު ގޯލު ވެއްޓުނީ ކުއްޖާގެ ބޯ މައްޗަަށްކަމަށްވުމުން ނުރައްކާތެރި އަނިޔާވެ ބޮޑު ގެއްލުމެއް ލިބުނީ ކުއްޖާގެ ކަނދުރާއަށެވެ. ކުއްޖާގެ އަނގައިންނާއި ނޭފަތުން ގިނައިން ލޭފޭބިކަމަށް ވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުއްޖާ މަރުވެފައި ވަނީ މީގެ ދެތިންގަޑި އިރު ކުރިންނެވެ.
އެ ކުއްޖާގެ ގައި މައްޗަށް ގޯލު ވެއްޓުނު ގޮތެއް އަދި ނޭނގެ އެވެ.