ޚަބަރު
ހިންދީ ޓީވީ ބަތަލާ ތޫނިޝާ ޝަރުމާ މަރުވެއްޖެ

ޓީވީ ބަތަލާ ތޫނީޝާ ޝަރުމާ އުމުރުން 20 އަހަރުގައި މަރުވެއްޖެ އެވެ. ޓެލެވިޜަންގެ ބަތަލާ ތޫނީޝާ ޝަރުމާ މަރުވެފައި ވަނީ، ހޮނިހިރު ދުވަހު ދަންޖެހިގެން ކަމަށް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.

އުމުރުން 20 އަހަރުގެ އިންޑިއާގެ ޓީވީ ބަތަލާ ޓޫނީޝާ ޝަރްމާ އަމިއްލައަށް މަރުވި ކަމަށް ވަނީ ޑިސެމްބަރު 24 ވީ ހޮނިހިރު ދުވަހު އެވެ. ކުއްލިއަކަށް މަރުވި ޚަބަރާއެކު އެތައް ބަޔަކު ވަނީ ސިއްސައިގެން ގޮސްފައެވެ. ތޫނީޝާ ކުޅެމުން ދިޔައީ ސާބް ޓީވީގެ ޝޯ އަލީ ބާބާ: ދަސްތާން-އޭ-ކާބުލްގެ ލީޑް ރޯލެވެ. ނަމަވެސް އޭނާ މަރުވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.

އިންޓަނެޓްގައި ފެތުރެމުންދާ ޚަބަރުތައް ބުނާ ގޮތުގައި ތޫނީޝާ މަރުވީ ޝޯގެ ސެޓުގައި އަމިއްލައަށް މަރުވާ ސެޓެއްގައި ކަމަށާއި އޭނާގެ ހަޔާތުގެ ވާހަކަ ނިންމާލީ މޭކަޕް ރޫމްގައި ދަންޖެހިގެން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.

އަލީ ބާބާ: ދަސްތާން-އެ-ކާބުލްގައި މަރިޔަމްގެ ރޯލު ކުޅެމުން އައި ތޫނީޝާ ވަނީ މީގެ ކުރިން ވެސް ގިނަ ސީރިއަލްތަކެއް ކަމަށްވާ އަޝޯކް ސަމްރާތު، ގައްބާރު ޕޫންޗްވާލާ، ބާރަތު ކާ ވީރް ޕުޓްރާ – މަހާރާނާ ޕްރަތާޕް، އިންޓަނެޓް ވާލާ ލަވް އަދި އިސްކް ސުބުހާނަލާ ފަދަ ސީރީޒްތަކުން ފެނިގެން ގޮސްފަ އެވެ. މިކަމުގެ އިތުރުން ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ވެސް އޭނާ ވަނީ ކަހާނީ 2، ބާރު ބާ ދޭކޯ އަދި ފިތޫރު ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. ކެޓްރީނާ ކައިފްގެ ދެ ފިލްމުގައި ވެސް ކެޓްރީނާގެ ޅައުމުރުގެ ރޯލު ކުޅެފައި ވަނީ ތޫނިޝާއެވެ.

ތޫނިޝާގެ މަރު އެތައް ބަޔަކަށް ބޮޑު ސިހުމެއް ގެނުވި އެންމެ ބޮޑު ސަބަބަކީ މަރު ވުމުގެ ހަމަ މަދުގަޑިތަކެއް ކުރިން އޭނާގެ އިންސްޓަގްރާމް ފީޑުގައި “ޕެޝަން” އާ ބެހޭ ޕޯސްޓެއް ހިއްސާ ކޮށްފައިވާތީއެވެ. އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަން މިހާރު ވަނީ ތައުޒިޔާގެ މެސެޖުތަކުން ފުރިފައެވެ. އެކަމާ ގުޅޭ ގޮތުން އޭނާގެ އާއިލާ އާއި ޝޯ އުފެއްދި ފަރާތްތަކުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!