ޚަބަރު
އިންޓަނެޓާއި ގުޅޭ ޝަކުވާ ހުށެއެޅުމަށް ހޮޓްލައިނެއް

ރާއްޖޭގައި ދޭ އިންޓަނެޓްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ސަރުކާރުން ހޮޓްލައިން ނަމްބަރެއް ކަނޑައަޅައިފި އެވެ.

އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނީ، ސަރުކާރުގެ “ނެޓު ހެޔޮ” މަޝްރޫއުގެ ބޭނުމަކީ ޖުމުލަކޮށް އިންޓަނެޓްގެ މުޅި ހިދުމަތް ރަނގަޅުވުން ކަމަށާއި، މިިހާރު އެ ހިދުމަތާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ ސަރުކާރުން ކަނޑައަޅާފައިވާ ހޮޓްލައިނަށް 1515 އަށް ގުޅައި، އެކަން ސަރުކާރާ ހިއްސާ ކުރަން އެދޭ ކަމަށެވެ.

އިންޓަނެޓުގެ އަގު ހެޔޮކޮށް ހިދުމަތުގެ ފެންވަރުރަނގަޅުކުރުމަށް ސަރުކާރުން މައިގަނޑު ގޮތެއްގައި ކަނޑައަޅާފައި ވަނީ ތިން ޕެކޭޖެކެވެ. އެއީ 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ އާއި 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ އާއި 25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ ލިބޭ ޕެކޭޖުތަކެވެ. މި މިންގަޑު ތަކަށް ފެތޭހެން ދިރާގުންނާއި އުރީދޫން ވަނީ ޕްކޭޖްތަކެއް ނެރެފައެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ. މިވައުދުފުޅު ފުއްދުމަށް މި ޖުލައި މަހުން ފެށިގެން އިންޓަނެޓް ޕެކޭޖުތަކުގެ އަގު ހެޔޮކޮށް ސްޕީޑް ވަނީ އަވަސް ކޮށްފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!