ފެންޑާ
މަސައްކަތުގައި އުޅޭ އިރު ނިދުމަކީ ރަގަނޅަށް މަސައްކަތްކުރާ ކަމުގެ ނިޝާނެއް

މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ނިދުމަކީ ފަހަރެއްގައިވެސް ރަނގަޅަށް މަސައްކަތް ކުރުމުގެ ނިޝާނެއް ކަމުގައި ޤަބޫލުކުރެވޭ ހެއްޔެވެ؟

ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި، މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ނިދުމަކީ، އެއްވެސް ގޮތަކަށް މަސައްކަތަށް ފަރުވާތެރިވުން ކަމުގައި ނުދެކެއެވެ. ވަޒީފާ އަދާކުރާ ވަގުތުގައި ނިދުމަކީ ހުތުރުކަމަކަށް ވުމުގެ އިތުރުން، މަސައްކަތްކުރާ ވަގުތު ނިދައިފިނަމަ ވަޒީފާ ގެއްލުމުގެ ފުރުޞަތުވެސް ބޮޑުވެދެއެވެ.

ނަމަވެސް މަސައްކަތްކުރާ މާހައުލުގައި ވަޒީފާގައި ނިދުމަކީ ޖަޕާނުގައި އާންމު ކަމެކެވެ. ޖަޕާނުގެ ސަޤާފަތުގައި މިއީ ހުތުރުކަމެއްވެސް ނޫނެވެ. ޖަޕާނުގެ ސަޤާފަތުގައި ޤަބޫލުކުރާގޮތުން، މަސައްކަތްކުރާ ގަޑީގައި ނިދުމަކީ، އެމީހެއްގެ އިޚްލާސްތެރިކަން ދައްކުވައިދޭ، އަދި އެމީހެއް ހުރިހާ ހަކަތައެއް މަސައްކަތަށް ދޭކަމުގެ ރަމްޒީ ހެއްކެކެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު، އެންމެ މަދުވަގުތުގައި މީހުން ނިދާ ޤައުމަކަށް ޖަޕާން ވެފައި ވެއެވެ. ޖަޕާނުގައި ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، އެވްރެޖްކޮށް ޖަޕާނު މީހަކު ނިދަނީ 6 ގަޑި އިރާއި 35 މިނިޓުގެ ވަގުތަކަށެވެ. އެހެންކަމުން، ގިނަބަޔަކު، މަސައްކަތުގެ މާހައުލުގައި، ޕާކުތަކުގައި، ކޮފީ ޝޮޕްތަކުގައި، ޝޮޕިންގ މޯލްތަކުގައި އަދި އެހެނިހެން އާންމު ތަންތާގައި ނިދައެވެ. މިއީ ޖަޕާނުގެ ސަޤާފަތުގައި އާންމުކަމަކަށް ވުމުގެ އިތުރުން، އެއްވެސް މީހަކު ކަންބޮޑުވުމެއް ނެތް އާދައިގެ ކަމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!