ދީން
ދަރިންތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު- ޚުޠުބާ

ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ، ވަރަށް ނާޒުކު އަދި އެހާމެ ނުރައްކާތެރި ދައުރެއްކަމުގައި މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ފިޠުރަތުގެ ސާފުކަންމަތީ އުފަންވާ ކުޑަކުއްޖާ ޔަހޫދީއަކަށް، ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ މައިންބަފައިންނެވެ.

ކުޑަކުއްޖާގެ ތަރުބިއްޔަތުގެ ފުރަތަމަ ދަރުސްގާހަކީ، މައިންބަފައިންގެ އުގެވެ. ދަރިންގެ އުމުރުގެ ކުރީކޮޅު، މަންމަޔާއި ބައްޕަގެ ލޯތްބާއި އަޅާލުން އިންތިހާއަަށް ބޭނުންވެއެވެ. އަދި އެކުދިންނަށް އަމާޒުވެގެން އަންނަ ޝައިޠާނީ ވަސްވާހާއި، އެސްފީނާ ފަދަ ކަންތައްތަކުން، އެކުދިން ސަލާމަތްކުރުމަށްޓަކައި ކެނޑިނޭޅި ﷲއަށް ދުޢާ ދެންނެވުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. އަދި ދަރިންނަށްޓަކައި މައިންބަފައިން ކުރާ ދުޢާއަކީ އެކުދިންގެ އިސްލާޙުގެ ތަޅުދަނޑިކަމުގައި ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

ދަރިން ތަރުބިއްޔަތުކުރުމުގެ ނަމުގައި، ދަރިން ބޭނުންވާހާ އެއްޗެއް ހޯދައިދީ، ބޭނުންވާހާކަމެއް ކޮށްދިނުމަކީވެސް ރަނގަޅު ގޮތެއް ނޫންކަން ޚުޠުބާގައި ފާހަގަކޮށްފައިވާއިރު، މިފަދައިން ކަންތައް ކުރެވޭނަމަ، މައިންބަފައިންނަށް ކުޅަދާނަ ނުވާ މިންވަރަށް ދަރިން ކަންތައްތަކަށް އެދެން ފަށާނެކަންވެސް ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

އަދި ދަރިންގެ މަތިން ޣާފިލުވެ ތިބެ، ދުނިޔަވީ މަންފާ ހާޞިލްކުރުމަށް މަސައްކަތްކުރުމުގެ ނަތީޖާއަކީ، ދަރިންގެ ތަރުބިއްޔަތު ފަސާދަވެ، އަހަރަމެންގެ ލޮލުގެ ކޮއި ފަދަ ދަރިން، އަހަރުމެން އަތުން ދޫވެ، މުޅި އުމުރަށް ރޯންޖެހުން ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!