ޚަބަރު
ހޯމް މިނިސްޓަރ ކޮވިޑް19 އަށް ފައްސި ވެއްޖެ

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް 19ގެ އަލާމަތްތައް ފެނި މިމަހު 28 ވަނަ ދުވަހު ޝެއިޚް އިމްރާން ކޮވިޑް19އަސް ޓެސްޓްކުރުމުން ކޮވިޑަށް ފައްސިވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އިމްރާން ކޮވިޑް19 އަށް ފައްސެިވެފައި ވީނަމަވެސް، ހާޅުކޮޅު ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ. ޝެއިޚް އިމްރާނަކީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ޝެއިޚް އިމްރާން އެކަހެރިވެ ވަޑައިގެން ހުންނެވީ ގެކޮޅުގައެވެ.

ޝެއިޚް އިމްރާނު ކޮވިޑަށް ފައްސިވުމުން، ރައިސް ސޯލިހުގެ ކެބިނެޓުން ކޮވިޑަށް ފައްސިވެފައިވާ ބޭފުޅުންގެ އަދަދު ވަނީ 3 އަށް އަރާފައެވެ. މީގެ ކުރިން ނައިބު ރައިސް ފައިސަލް ނަސީމާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ ވަރަށް މަތީގައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!