ޚަބަރު
ރުއްޖެހެރަތެރޭ ފެންގަނޑެއް ކޮނެެގެން،30މިލިޔަނުން އައްޑޫކައުންސިލް ޖޫރިމަނާކޮށްފި
އައްޑޫ ހިތަދޫއާއި މަރަދޫ އާ ދެމެދު ފައްޗަކަށް ދެމިފައި އޮންނަ ކުދި ފަޅުރަށްތަކުގެ ސިލްސިލާގެ ތެރެއިން މަޝްހޫރު ‘ރުއްޖެހެރަ’ ތެރޭގައި، ފެންގަނޑެއް ކޮނެ، ބޮޑު ސަރަހައްދެއް ހަލާކު ކުރުމުން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އައްޑޫ ސިޓީ ކައުންސިލް 30 މިލިޔަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރުއްޖެހެރަ ސަރަހައްދުގައި ގަވައިދާ ހިލާފަށް ކޮށްފައިވާ މަސައްކަތް އެ އެޖެންސީން ބެލީ ލިބުނު ޝަކުވާއަކާ ގުޅިގެން ކަމަށެވެ. އެ އެޖެންސީއަށް ހުށަހެޅި ޝަކުވާ އަކީ ރުއްޖެހެރަ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި އެ ސަރަހައްދުގައި ފެންގަނޑެއް ކޮނެފައިވާ ކަމުގެ ޝަކުވާއާ އާއި އެ ސަރަހައްދުގެ ގޮނޑުދޮށަށް ވެލި އަޅާފައިވާ ކަމުގެ ޝަކުވާ އެވެ.

އެ ޝަކުވާއާ ގުޅިގެން އީޕީއޭއިން ބެލި އިރު ރުއްޖެހެރަ ސަރަހައްދުން 17،818.09 އަކަމީޓަރުގެ ސަރަހައްދަކުން ރުއްގަސް ކަނޑައި ބިންސާފުކޮށްފައިވާ ކަމަށާއި ސާފުކުރި ސަރަހައްދު ކޮގެނެގެން 1،712.26 ކޮޑިމީޓަރުގެ ވެލި ނަގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

“ގަވާއިދާ ހިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ވަނީ ދެނެގަނެވިފައެވެ،” އީޕީއޭގެ ބަޔާނުގައި ބުންޏެވެ.

ރުއްޖެހެރަ އަށް އެ ގެއްލުންތައް ދީފައި ވާތީ އީޕީއޭއިން އައްޑޫ ސިޓީކައުންސިލް ޖޫރިމަނާކުރީ ދެ ގަވައިދެއްގެ ދަށުންނެވެ. އެއީ ތިމާވެށްޓަށް އަަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދެވެ.

އީޕީއޭއިން ބުނި ގޮތުގައި އެ ސަރަަހައްދަށް ދީފައިވާ ގެއްލުންތަކާ ގުޅިގެން އައްޑޫ ސިޓީކައުންސިލް  30,897,955.00 (ތިރީސް މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް ފަސް) ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ރުއްޖެހެރަ ތެރޭގައި އެވަރުގެ ތަނެއް، އެއްވެސް ކަހަލަ ރަސްމީ އެންގުމެއް، ދިރާސާއެއް ނެތި އަމިއްލަ އަމިއްލައަށް ކޮށްފައި ވަަނީ ކީއްކުރަން ކަމެއް އަދި އެނގިފައެއް ނުވެއެވެސ.ކުރަން އުޅުނީ ކޮން މަސައްކަތެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!