ޚަބަރު
ފިޔޯރީ ކައިރީގެ ބައެއް ފަޅުރަށްތައް ލޯކަލް ޓުއަރިޒަމް އަދި ދަނޑުވެރިކަމަށް ހުޅުވާލަނީ

ފިޔޯރީ ކައިރި ވިލިނގިއްލާ ، ކާޅެ ހުއްޓާ ، އުކުރު ހުއްޓާ ލޯކަލް ޓުއަރިޒަމް  އަދި ދަނޑުވެރިކަމަށް ހުޅުވާލަން  ފިޔޯރީ  ކައުންސިލުން  ވަނީ  ނިންމާފައެވެ.
ގދ. ފިޔޯރީގެ އިޙްތިސާސް ގެ ތެރޭގައި ހިމެނޭ ވިލިނގިއްލާ ، ކާޅެ ހުއްޓާ އަދި އުކުރު ހުއްޓާ ލޯކަލް ޓުވަރިޒަމާއި ދަނޑުވެރިކަމަށް ހުޅުވާލަން ފިޔޯރީ ކައުންސިލުން ނިންމައިފިއެވެ.
މި 3 ރަށް ލޯކަލް ޓުއަރިޒަމް  އަދި ދަނޑުވެރިކަމަށް ހުޅުވާލަން ކައުންސިލުން ވިސްނައި އެކަމަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތް ފަށާފައިވާ ކަން ހާމަ ކޮށްފައިވަނީ ފިޔޯރީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ.
ފިޔޯރީ ކައުންސިލް ގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ޤާނޫނުގެ އާ ޤާނޫނުގެ ދަށުން ފިޔޯރީ އަށް ލިބިފައިވާ 3 ރަށަކީ ވެސް ލޯކަލް ޓުއަރިޒަމް  އަދި  ދަޑުވެރިކަމަށް ވަރަށް ރަނގަޅު ރަށް ތަކެއް ކަމަށާއި މިހާރުވެސް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.
ލާ މަރުކަޒީ ޤާނޫންގެ 110 ވަނަ މާއްދާ ގައި ލާޒިމް ކޮށްފައި ވާ ގޮތަށް ރޭ ބޭއްވި ރައްޔިތުންނާ ބައްދަލުކުރުމުގައި ވާހަކަ ދައްކަވަމުން ރައީސް ފައިޒަރު ވިދާޅުވީ 3 ރަށުގެ މަސައްކަތް ރަސްމީ ކޮށް ފެއްޓޭނީ މިހާރު ހަދަމުން ދާ ޕްލޭން ނިމުމުން ކަމަށާއި ނަމަވެސް ކައުންސިލްގެ ވިސްނުން ހުރީ އެ ދެކަމަށް ވީހާވެސް ފުޅާކޮށް ހުޅުވާލުމަށްކަމަށެވެ.
ރޭ ބޭއްވި ރައްޔިތު ބާއްދަލުވުމުގައި ކައުންސިލުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާ ރޭވިފައިވާ ކަންތައްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރެވުނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!