ރިޕޯޓް
“ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް”

ބަހަކީ އަމިއްލަވަންތަކަމާއި ކާކުވަންތަކަން، ދައްކުވައިދޭ މުހިންމު ނިޝާނެކެވެ. އެހެނީ މާދަރީބަސް ނުވަތަ ބަހުރުވައިގެ ސަބަބުން އެއީ، ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަމާއި ސަރަޙައްދާއި ދީނާއި ސަޤާފަތް އަނެކާއަށް އިޙްސާސްކޮށްދެއެވެ. އެ މީހެއްގެ ގޮތްފޮތާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އުޅުމާއިގުޅުން ހުންނާނެ ގޮތް ތަޞައްވަރުކޮށްދެއެވެ. ވުމާއެކު ބަސް ނުވަތަ ބަހުރުވައަކީ، ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާއެވެ. ޤައުމިއްޔަތުގެ އެއް ރުކުނެވެ. މި މޭރުމުން، ބަހުގެ ޢިލްމުވެރީން ސިފަކުރައްވާ ގޮތުގައި ބަހެއް ނެތް ޤައުމަކީ، ހިތެއް ނެތް ޤައުމެކެވެ. ހިތަކީ އިންސާނާ ދިރިހުރުމުގެ އެންމެ މުހިންމު އެއް ގުނަވަނެވެ. އިންސާނީ ވަންތަކަމުގެ މައިގަނޑު އެއް ސިފައެވެ. ވީ ހިނދު ބަހެއް ނެތް ޤައުމަކީ، ހިތެއް ނެތް ޤައުމެއް ކަމުގައި ސިފަކުރައްވާ ސިފަކުރެއްވުމަކީ، ޤައުމެއްގެ އަހުލުވެރީން ބަސްމޮށެ އުޅޭނެ، އަމިއްލަ ބަހެއް އޮތުމާއި ބަހެއްގެ މުހިންމުކަން ސާބިތުކޮށްދޭ ހެއްކެކެވެ. ބަހަކީ، ޤައުމެއްގެ ސިފަވަންތަކަން ދައްކުވައިދޭ މުހިންމު ރަމްޒެވެ.

އެހެން ނަމަވެސް، ކޮންމެ ޤައުމަކީ އަމިއްލަ ބަހެއް ނުވަތަ ބަހުރުވައެއް ލިބި، އެ ބަހަކުން ވާހަކަދެއްކުމުގެ ފުރުޞަތު ލިބިފައިވާ ޤައުމެއް ނޫނެވެ. ވުމާއެކު، އެފަދަ ފަރާތްތަކުން ބޭނުންކުރަނީ، ނުފޫޒު ގަދަ ކޮންމެވެސް ބައެއްގެ ނުވަތަ ޤައުމެއްގެ ބަހެކެވެ. ނުވަތަ ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ބަވަނަވަންތަ ބަހެކެވެ. މި ގޮތަށް ބޭނުންކުރާ ބަސްބަހުން، ބަހަކުން އަންގައިދޭ ޙަޤީޤީ ބަހާތައް ފާޅު ނުވެދާނެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކާ ޚިލާފަށް، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް ލިބުމުގެ ނަސީބު ލިބިފައިވާ ޤައުމެކެވެ. ދިވެހީން ދިވެހިބަސް ލިޔެކިޔެ ހަދަނީ، ތާނައަކުރުންނެވެ. އަވައްޓެރި މަލިކު ނުވަތަ މިނިކޮއި މީހުންނަކީ ދިވެހިބަހުގެ ބަހުރުވައެއް ކަމަށް ބެލެވޭ މަހަލް ބަހުން ވާހަކަދައްކާ ބައެކެވެ. ނަމަވެސް، ދިވެހިބަހާއި އެ ބަސް ލިޔެ ކިޔުމަށް ބޭނުންކުރާ ތާނައަކުރަކީ ދުނިޔޭގެ އެހެން އެއްވެސް ބަޔަކު ބޭނުންކުރާ ބަހަކާއި އަކުރެއް ނޫނެވެ. އެއީ ހަމައެކަނި ދިވެހީން ބޭނުންކުރާ ދިވެހީންނަށް ޚާއްޞަ، ދިވެހީންގެ އެއްޗެކެވެ. މިއީ، ދިވެހީންނަށް ލިބިފައިވާ ނުހަނު މަތިވެރި ފަޚްރެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް ލިބުމަކީ،ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ ލިބިފައިވާ ނެތް، ފަޚްރަކާއި ޝަރަފެކެވެ.

ބަހެއް މޮޅުވެ އަދި މަޝްހޫރުވެ، ބަހަކަށް ޚާއްޞަކަން ލިބެނީ، އެ ބަހަކުން ވާހަކަދައްކާ މީހުން، ހަމައެކަނީ ގިނަވެގެން ނޫނެވެ. އެ ކަމުގައި ތަފާތު ބަހާތައް ޝާމިލުވެގެންނެވެ. އެ ބީދައިން ބަލާއިރު، ދިވެހިބަހާއި ތާނައަކުރަކީ، ދުނިޔޭގެ އެއްވެސް ބަޔަކު ބޭނުންނުކުރާ، ހަމައެކަނި ދިވެހީން ބޭނުންކުރާ ދިވެހީންގެ އަމިއްލަވަންތައް އެއްޗަކަށް ވުމަކީ، ދިވެހި ބަހަށް ލިބިފައިވާ ޚާއްޞަކަމެކެވެ. މުޅި ދުނިޔޭގައި ވެސް ދިވެހިބަހުން ވާހަކަދައްކާ ދިވެހިބަހުގެ އަހުލުވެރީންނަކީ ހަމައެކަނި ދިވެހީންނެވެ. އެހެންކަމުން، އެއީ ދިވެހިބަހަށް ލިބިފައިވާ ތަފާތު ސިފައެކެވެ. ދިވެހިވަންތަކަމެކެވެ.

ހަމައެހެންމެ، ދިވެހި އަދަބިއްޔާތުގައި ހިމނޭ ރައިވަރަކީ ވެސް ދިވެހި ބަހަށް ޚާއްޞައެއްޗެކެވެ. ބަހަވީ ޢިލްމުވެރީން އިރުޝާދު ދެއްވައިފައިވާ ގޮތުގައި އެއްވެސް ބަހަކީ މޮޅު ދެރައިން ވަޒަންކޮށް މިން ކުރެވޭނެ އެއްޗެއް ނޫނެވެ. ކޮންމެ ބަހަކީ ވެސް އޭގެ ޒާތުގައި މޮޅު ބަހެކެވެ. ބަހުގެ އަޑުތަކާއި ބަސްކޮށާރު ބޭނުންކޮށްގެން އެ ވެށީގެ ޙަރަކާތްތަކާ ބެހޭ ގޮތުން ފުރިހަމަޔަށް މުޢާމަލާތް ކުރެވޭ ނަމަ އެއީ ފުރިހަމަ ބަހެކެވެ. މޮޅު ބަހެކެވެ. މި ގޮތުން ބަލާއިރު، ދިވެހި ވެށީގެ ހުރިހައި އެއްޗަކަށް ބޭނުންކުރާ ހުރިހައި ލަފުޒެއް ދިވެހިބަހުގައި އެކުލެވިފައި ވެއެވެ. ދިވެހިބަހުން ހުރިހައި މުޢާމަލާތެއް ފުރިހަމަޔަށް ކުރެވެއެވެ. ވުމާއެކު، ދިވެހިބަހަކީ،ބަސްވަންތަކަން ހުރި ބަހެކެވެ. ވުމާއެކު،ދިވެހިބަހާ މެދު ފަޚްރުވެރިވެ ދިވެހިބަސް ދަމަހައްޓައި ބަސް ރައްކާތެރިކުރުމަކީ، ނުހަނު މުހިންމު ކަމެކެވެ. ދިވެހިބަހުގެ އަޑުތަކަށް ފަރިތަވެ ވާހަކަދައްކަން ދަސްކޮށް އެ ބަހުން ފަރިތަކޮށް، މުޢާމަލާތްކުރަން އެނގުމުގެ ބޭނުންތެރިކަން ބޮޑެވެ. ދިވެހީންގެ މާދަރީބަހަކީ ދިވެހީންގެ ހިތުގައި ޚާއްޞަ ޤަދަރަކާއި ލޯތްބެއް ދޭން ޖެހޭ މުހިންމު ބަހެކެވެ.

ބައިނަލް އަޤްވާމީ މާދަރީބަހުގެ ދުވަހަކީ، މާދަރީބަހަކަށް ޓަކައި ބައެއްގެ ހިތުގައި އޮތް ޤަދަރާއި މަތިވެރި ލޯބީގެ ހަނދާނެކެވެ. މި ދުވަހަކީ، މީގެ ގާތްގަނޑަކަށް 70ވަރަކަށް އަހަރު ކުރީން، އައި ފެބުރުއަރީ މަހެއްގެ 21 ވަނަ ދުވަހު، ބަނގުލަދޭޝްގެ ރައްޔިތުން އެ މީހުންގެ ބަސް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުންވި މަތިވެރި ޤުރުބާނީއަކާ ގުޅިގެން ފާހަގަކުރަން ފެށުނު ދުވަހެކެވެ.

ބަހެއް މޮޅުވެ އަދި މަޝްހޫރުވެ، ބަހަކަށް ޚާއްޞަކަން ލިބެނީ، އެ ބަހަކުން ވާހަކަދައްކާ މީހުން، ހަމައެކަނީ ގިނަވެގެން ނޫނެވެ. އެ ކަމުގައި ތަފާތު ބަހާތައް ޝާމިލުވެގެންނެވެ. އެ ބީދައިން ބަލާއިރު، ދިވެހިބަހާއި ތާނައަކުރަކީ، ދުނިޔޭގެ އެއްވެސް ބަޔަކު ބޭނުންނުކުރާ، ހަމައެކަނި ދިވެހީން ބޭނުންކުރާ ދިވެހީންގެ އަމިއްލަވަންތައް އެއްޗަކަށް ވުމަކީ، ދިވެހި ބަހަށް ލިބިފައިވާ ޚާއްޞަކަމެކެވެ. މުޅި ދުނިޔޭގައި ވެސް ދިވެހިބަހުން ވާހަކަދައްކާ ދިވެހިބަހުގެ އަހުލުވެރީންނަކީ ހަމައެކަނި ދިވެހީންނެވެ. އެހެންކަމުން، އެއީ ދިވެހިބަހަށް ލިބިފައިވާ ތަފާތު ސިފައެކެވެ. ދިވެހިވަންތަކަމެކެވެ. ހަމައެހެންމެ، ދިވެހި އަދަބިއްޔާތުގައި ހިމނޭ ރައިވަރަކީ ވެސް ދިވެހި ބަހަށް ޚާއްޞައެއްޗެކެވެ.

ބަހަވީ ޢިލްމުވެރީން އިރުޝާދު ދެއްވައިފައިވާ ގޮތުގައި އެއްވެސް ބަހަކީ މޮޅު ދެރައިން ވަޒަންކޮށް މިން ކުރެވޭނެ އެއްޗެއް ނޫނެވެ. ކޮންމެ ބަހަކީ ވެސް އޭގެ ޒާތުގައި މޮޅު ބަހެކެވެ. ބަހުގެ އަޑުތަކާއި ބަސްކޮށާރު ބޭނުންކޮށްގެން އެ ވެށީގެ ޙަރަކާތްތަކާ ބެހޭ ގޮތުން ފުރިހަމަޔަށް މުޢާމަލާތް ކުރެވޭ ނަމަ އެއީ ފުރިހަމަ ބަހެކެވެ. މޮޅު ބަހެކެވެ. މި ގޮތުން ބަލާއިރު، ދިވެހި ވެށީގެ ހުރިހައި އެއްޗަކަށް ބޭނުންކުރާ ހުރިހައި ލަފުޒެއް ދިވެހިބަހުގައި އެކުލެވިފައި ވެއެވެ. ދިވެހިބަހުން ހުރިހައި މުޢާމަލާތެއް ފުރިހަމަޔަށް ކުރެވެއެވެ. ވުމާއެކު، ދިވެހިބަހަކީ،ބަސްވަންތަކަން ހުރި ބަހެކެވެ. ވުމާއެކު،ދިވެހިބަހާ މެދު ފަޚްރުވެރިވެ ދިވެހިބަސް ދަމަހައްޓައި ބަސް ރައްކާތެރިކުރުމަކީ، ނުހަނު މުހިންމު ކަމެކެވެ. ދިވެހިބަހުގެ އަޑުތަކަށް ފަރިތަވެ ވާހަކަދައްކަން ދަސްކޮށް އެ ބަހުން ފަރިތަކޮށް، މުޢާމަލާތްކުރަން އެނގުމުގެ ބޭނުންތެރިކަން ބޮޑެވެ. ދިވެހީންގެ މާދަރީބަހަކީ ދިވެހީންގެ ހިތުގައި ޚާއްޞަ ޤަދަރަކާއި ލޯތްބެއް ދޭން ޖެހޭ މުހިންމު ބަހެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!