ފެންޑާ
އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ ބޮލީވޫޑްގެ ފަންނާނުން!

އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފިލްމު އުފައްދާ އެއްގައުމެވެ. އިންޑިއާ އަށް އުފަން ބޮލީވުޑަކީ ފިލްމީ ދުނިޔޭގައި ހޮލީވުޑް ނަގާލުމަށް ފަހު އެންމެ ބާރުގަދަ އަދި އެހާމެ ނުފޫޒުގަދަ ބައެކެވެ. ބޮލީވުޑްގެ ފަންނާނުންނަކީ ވެސް މުޅި ދުނިޔެއަށް މަޝްހޫރު އަދި އުޖޫރާއިގެ ގޮތުން ބޮޑެތި އަދަދު ތަކަށް ފިލްމު ކުޅޭ ބައެކެވެ.

އެގޮތުން ތިރީގައިމިވާ ފަސް ފަރާތަކީ މިވަގުތު ބޮލީވުޑްގައި އެންމެ އަގުބޮޑު ކޮށް ފިލްމުގައި އެކްޓު ކޮށްދޭ ފަސް ފަރާތެވެ.

5- ރިތިކް ރޯޝަން

ރިތިކް ރޯޝަން އަކީ ރީތި ފިރިހެނުންގެ ތެރެއިން ދުނިޔޭގެ ނިސްބަތުން ގުނާލެވޭ މީހެކެވެ. އޭނަ މޮޅެތި ހުނަރު ގިނަ ފިލްމު ތަކުގައި ދައްކުވައިދީފައި އެބަހުއްޓެވެ. ރިތިކް ގިނަ ފިލްމު ތަކަކީ ބޮލީވުޑްގެ ތާރީޚުގައި ވެސް ލިޔެވޭހާ ކާމިޔާބު ފިލްމު ތަކަކަށް ވަނީ ވެފައެވެ. މިހާރު އުމުރުން 47 އަހަރުގެ ރިތިކްގެ މިލްކިއްޔާތުގައި 370 މިލިއަން ޑޮލަރު ހުރި އިރު، މިހާރު ރިތިކް ބޮލީވުޑްގެ ފިލްމެއް ކުޅެދެނީ 50 ކުރޯޑާއި 65 ކުރޯޑާއި ދެމެދުގެ އަގަކަށެއެވެ.

4- ޝާހްރުކް ޚާން

ބޮލީވުޑްގެ ކިންގެ ޝާހްރުކް އަކީ އިތުރު ތަފްސީލެއް ބޭނުން ނުވާނެ ކުޅަދާނަ ފަންނާނެކެވެ. 55 އަހަރު ޝާރުކް ޚާން ވަނީ މިހާތަނަށް 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. ޝާރުކް ޚާން އަކީ ގިނަ އެވޯޑްތަކެއް ހާސިލް ކޮށްފައިވާ މުޅި ދުނިޔެއަށް މަޝްހޫރު ފަންނާނެކެވެ. 750 މިލިއަން ޑޮލަރުގެ މިލްކިއްޔާތުގެ ވެރިޔާ ޝާރުކް ޚާން ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ތަކާއި ތަފާތު ވިޔަފާރި ތައްވެސް ހުރެއެވެ. ޝާރުޚް ފިލްމެއް ކުޅެދެނީ ގާތް ގަޑަކަށް 50 ކުރޯޑް ރުޕީސް އަށެވެ. އަދި އޭގެ އިތުރުން ޝާރުޚް ކުޅޭ ފިލްމަށް ލިބޭ ފައިދާގެ 45 ޕަސެންޓުގެ ހިއްސާވެސް އޭނާ ނަގައެވެ.

3- ސަލްމާން ޚާން

ބޮލީވުޑްގެ ބާރުގަދަ އާއިލާ އަކަށް ނިސްބަތްވާ ސަލްމާން ޚާން އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތީ 1988 ވަނަ އަހަރު ސަޕޯޓިންގ އެކްޓަރެއްގެ ރޯލުންނެވެ. މިއަދު މިލްކިއްޔާތުގައި 360 މިލިއަން ޑޮލަރު ހުރި ސަލްމާން އަކީ ބޮލީވުޑްގެ 123 ފިލްމު ކުޅެފައިވާ ފަންނާނެކެވެ. ސަލްމާން ޚާން އަކީ ދުނިޔޭގެ މަޝްހޫރު ކަން ހޯދާފައިވާ ކުޅަދާނަ ސުޕަރސްޓާރެކެވެ. 55 އަހަރުގެ ސަލްމާން ބޮލީވުޑްގެ ފިލްމެއް މިހާރު ކުޅެދެނީ 70 ކުރޯޑާއި 75 ކުރޯޑު ގެ އަގަކަށެވެ.

2- އާމިރު ޚާން

ބޮލީވުޑުން ފެންނަ ތަފާތު މިޒާޖެއްގެ އާމިރު ޚާން އަކީ މިވަގުތު ބޮލީވުޑްގައި އެންމެ އަގު ބޮޑު ކޮށް ފިލްމު ކުޅެދޭ 2 ވަނަ ސުޕަސްޓާރެވެ. 1988 ވަނަ އަހަރު “ގިޔާމަތް ސޭ ގިޔާމަތް ތަކް” އިން ބޮލީވުޑް އަށް ނިކުތް އާމިރް ޚާން އަކީ ބޮލީވޫޑް ގެ އެންމެ ނުފޫޒު ގަދަ އެކަކެވެ. އޭނާގެ ފިލްމު 60 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އާމިރް ޚާންގެ މިލްކިއްޔާތުގައި މިވަގުތު 210 މިލިއަން ޑޮލަރު އެބަހުއްޓެވެ. އުމުރުން 56 އަހަރުގެ އާމިރު ބޮލީވުޑް ފިލްމެއް ކުޅެދެނީ 75 ކުރޯޑާއި 85 ކުރޯޑާއި ދެމެދުގެ އަގަކަށެވެ.

1- އަކްޝޭ ކުމާރު

މިވަގުތު ބޮލީވުޑްގައި އެންމެ އަގުބޮޑު ކޮށް ފިލްމު ކުޅޭ ފަންނާނަކީ އަކްޝޭ ކުމާރެވެ. އަކްޝޭ އަކީ މަޖާޒީ ފިލްމު ތަކުގެ އިތުރުން އެކްޝަން ފިލްމު ތަކަށް ކުޅާދާނަ އެކްޓަރެކެވެ. 1987 ގައި ބޮލީވުޑަށް ނިކުތް އަކްޝޭ ގެ އުމުރުން މިހާރު 53 އަހަރެވެ. އަކްޝޭގެ މިލްކިއްޔާތުގައި 325 މިލިއަން ޑޮލަރު ހުރި އިރު، ބޮލީވުޑްގެ ފިލްމެއް އަކްޝޭ ކުޅެދެނީ 135 ކުރޯޑު ރުޕީސް އަށެވެ. މިއީ ބޮލީވުޑްގައި އެންމެ އަގުބޮޑު ކޮށް އެކްޓު ކޮށްދޭ ފާންނާނު ކަމުގައި ވިޔަސް، ޕްރޮޑިއުސަރުން މާބޮޑަށް ވިސްނަން ނުޖެހެއެވެ. ސަބަބަކަށް ވަނީ އަކްޝޭ މަދު ފިލްމެއް ފިޔަވާ ދެން ހުރި ހުރިހާ ފިލްމު ތަކަކީ ވެސް ބޮލީވޫޑްގެ އެންމެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި ހިމެނޭ ފިލްމްތަކަށް ވުމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!