ޚަބަރު
މިއަހަރުގެ މިހާތަނަށް 6 ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފި

މި އަހަރުގެ މިހާތަނަށް ރާއްޖެ 600،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފިއެވެ.

ރާއްޖެ އަށް މިމަހުގެ 29 ގެ ނިޔަލަށް 603،815 ޓޫރިސްޓުން އައި އިރު، މިއީ މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި އައި 384،238 މީހުންނާ އަޅާ ކިޔާނަމަ 57 ޕަސެންޓް އިތުރުވެ އެވެ. އެހެން ނަމަވެސް މި އަދަދަކީ 2019 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި އައި 986،407 މީހުންނާ އަޅާބަލާއިރު 38 ޕަސެންޓުގެ ދަށްވުމެކެވެ.

މިހާރު ރާއްޖޭގައި ޑެއިލީ ޓޫރިސްޓް އެރައިވަލް އުޅެނީ 3000 އަށް ވުރެ މަތީގައެވެ. އަދި މި ޓޫރިސްޓުން އެވްރެޖްކޮށް 9 ދުވަހު ރާއްޛެގައި މަޑުކުރާ އިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ހިއްސާކުރަނީ ރަޝިޔާގެ މީހުންނެވެ.

2019 ވަނަ އަހަރު ރާއްޖެ 1.7 މިލިއަން ޓޫރިސްޓުން އައެެވެ. މިދިޔަ އަހަރު ކޮވިޑާއި ގުޅިގެން ދިމާވި ހުރަސްތަކާއި އެކު ވެސް ރާއްްޖެ އަށް 555،494 ޓޫރިސްޓުން އައެވެ. މި އަހަރު ރާއްޖޭގެ އަމާޒަކީ 1 މިލިއަން ނުވަތަ 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!