ޚަބަރު
އެފްއެސްއެމްގެ “މެކުނު” ފަރަށް އަރައިިފި

އެފްއެސްއެމް ގެ ތެޔޮ ބާޖު “މެކުނު” ފަރަށް އަރައިފިއެވެ.

ގިނަ އަދަދަކަށް ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރު ކުރި އެފްއެސްއެމް ގެ ތެޔޮ ބާޖެއް ށ. ނޫމަރާ ހުޅަނގު ފަރާތު ނެރު މައްޗަށް އުރިފައިވާ ކަމުގެ ރިޕޯޓެއްް މިއަދު ހެދުނު 6:59 ގައި ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިހާރު އެމްއެންޑީއެފް ނޮދާރން އެރިޔާ ކޯސްޓް ގާޑް ސްކުއަޑްރުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާ ކަމަށެވެ. އަދި މި ބާޖު ފުންކުރުމުގެ މަސައްކަތް މި ބޯޓުގެ ވެރި ފަރާތުން ފުނުވާފައިވާ އެހެން ބޯޓެއްގެ އެހީތެރިކަމާއެކު ކުރަމުންދާ ކަމަށް ވެެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ބޯޓު ށ. ފޯކައިދޫ އިން ހދ. ނޭކުރެންދޫ އަށް ދަތުރު ކުރަމުންދިޔައީ 100000ލީޓަރުގެ ޑީސެލާއި 15000 ލީޓަރުގެ ޕެޓްރޯލް ބަރުކޮށްގެންނެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއްގެ ލީކެއް އަދި ނޫޅޭ ކަމަށް ވެެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!