ކޮލަމް
ހުވަދު އަތޮޅުގެ ކުރީގެ ސަޤާފަތާއި އާދަކާދަ1

ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އަތޮޅުތަކުގެ ތެރޭގައި ހުވަދު އަތޮޅު ހިމެނިގެން ދެއެވެ. ޤުދުރަތީގޮތުން އުފެދުމުގައި އެއް އަތޮޅުގެ ގޮތުގައި އުފެދިފައި ވީނަމަވެސް، އިދާރީގޮތުން ހިންގުމަށް ފަސެހަޔަކަށް، ހުވަދު އަތޮޅު ވަނީ ދެ އަތޮޅަކަށް ބަހާލެވިފައެވެ. ހުވަދު އަތޮޅަކީ ދިވެހިރާއްޖޭގެ ނިސްބަތުން ރަށްތައް އެންމެ ގިނަ އެއް އަތޮޅެވެ. އަދި ކުރީ ޒަމާނަށް ބަލާއިރު ހުވަދު އަތޮޅުގެ ގިނަ އަދަދެއްގެ ރަށެއްގައި މީހުން ދިރިއުޅުނުކަން ތާރީޚުން އެނގެއެވެ.

ކުރީ ޒަމާނަށް ބަލާއިރު، ރަށްރަށުގެ މަލަ ދުރުން ފެންނައިރު، ގަސްބޯ ޖަންގަޔެއްގެ ގޮތުގައި ރަށްތައް ސިފަވެގެން ދެއެވެ.  އަތިރިމަތިން މަދު އޮޑި ހަރުގެއެއްގެ އަސަރު ބައެއް ރަށްރަށުގެ މަލަމަތިން ފެނުނު ނަމަވެސް، އެއްވެސް އިމާރާތެއްގެ ނިޝާނެއްވެސް، މަލަ ފެންނައިރު މީހުން ދިރިއުޅޭ ރަށްރަށުން ނުފެނެއެވެ. ބައެއް ރަށް ރަށުގެ ފަޅުތެރެއިން ދެތިން ބައްތެލި އަޅާފައި އޮންނަތަން ފެނެއެވެ. އަދި އަތިރިމައްޗާއި ކައިރިން ގިނަ އަދަދެއްގެ ކުދި ބޮއްކުރާތައް އަޅާފައި ވާތަން ކައިރިވުމުން ފެނިގެން ދެއެވެ.

ކުރީޒަމާނުގައި ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ ގިނަ ރަށްރަށުގެ މަގުތައް ހަނިވެފައި، މަގުތަށް މަދެވެ. ނަމަވެސް ރަށްތަކުގެ ޤުދުރަތީ ވެށި ފުރިހަމަވެފައި ދިރިއުޅެން ހިތްގައިމެވެ. ރަށްރަށުގެ މަގުތަކުގެ ދެފަރާތުގައިވެސް ހިޔާދޭ ބޮޑެތި ގަސްގަހާގެހި ހެދިފައި ހުރެއެވެ. ދިވެހި ރުއްތައް ހުރިހާ ރަށެއްގައިވެސް ގިނައަދަދަކަށް ހެދިފައި ހުރެއެވެ.

މީގެ އިތުރުން ހެދިފައިވާ ގަސްގަހާގެއްސަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފެންނަ ގަސްތަކަކީ، ހިރުނދު، މިދިލި، ދިއްގާ، ފުނަ، ކާނި، ބަނބުކެޔޮ، ނިކަ، ދަނބު، ކުރެދި ފަދަ ގަސްތަކެވެ. ވުމާއެކު މުޅިރަށް އެކީގައި ކަހަލަ ގޮތަކަށް އޮންނަނީ ހިޔާވެފަ އެވެ. ގިނަ ރަށްރަށުގައި މީހުން ދިރިއުޅެނީ، ފީނި ފީންޏަށް ނުވަތަ ވަރަށްކުޑަކުޑަ ބިންކޮޅެއްއްގައެވެ. ގިނަ ރަށްރަށުގެ ބިމުގެ ބޮޑުބައި އޮންނަނީ ގަސްގަހާގެހީން ފުރިފަ އެވެ. ގަސްގަހާގެހީން މުއްސަނދިވެފައިވާ މި ރަށްތައް ދުރުން ފެންނާނީ ޖަންގައްޔެއް ކަހަލަ ގޮތަކަށެވެ. ގެދޮރު ބިނާކުރުމާއި، އޮޑި ދޯނި ފަހަރު ބަންނަން ބޭނުންކުރަމުން އައިސްފައިވަނީ، އެރަށަކުން ކަނޑާލެވޭ ލަކުނޑިއެވެ. ގޭގޭގެ މަތިވަނޑާން ގަނޑު ހަދައި ބެރި އަޅަނީ ވެސް ރުއްލަކުޑިއާއި، ގަސް ލަކުޑީންނެވެ.

އެދުވަސްވަރުގެ ހުވަދު އަތޮޅުގެ ރައްޔިތުން ދިރިއުޅެމުން އައި ވައްޓަފާޅިއަށް ބަލާއިރު، އަތިރިމައްޗަށް ކުނި އުކުމުގެ އާދައެއް ގިނަ ބަޔަކު ގެންގުޅުނެވެ. ހުވަދު އަތޮޅަކީ މަސްވެރި އަތޮޅަކަށް ވުމުން، މަސްކަނޑައި މަސްކައްޓާއި ކަރު ގޮހުރު އުކާފައި ހުންނަނީ އަތިރިމައްޗަށެވެ. ރަނގަޅަށް މަސްބާނާ ދުވަސްވަރެއްގައި މުޅި އަތިރިމަތި ކުނިވާ ކަރުގޮހުރުން ފުރިގެން ދެއެވެ. އެދުވަސްވަރަކީ، މީހުން އެހާ ހޭލުންތެރި ދުވަސްވަރަކަށް ނުވުމުން މިފަދަ ކުނިބުނި ނައްތާލާނެ މާބޮޑު ގޮތްތަކެއް ނޭނގެއެވެ. މަދިރި އުފެދޭ ތަންތަން ވެސް ގިނައަދަދަކަށް ހުރެފައި، މަދިރީގެ ނުރައްކާ ބޮޑުވެފައި ވެއެވެ. ކުނިގޮނޑާއި، ފެންފެންގަނޑަކީ ބަލިމަޑުކަން ފަތުރައިދޭ މަދިރި ފަދަ ޒާތްޒާތުގެ ފަނިފަކުސާ އާލާވާ ތަންތަންކަން އެނގެން ފެށީ 1940 އަހަރުތަކުގައެވެ. މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް އައިސްފައިވަނީ 1980 ގެ އަހަރުތަކުގަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!