ޚަބަރު
ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާތަކެއް

މި މަހުގެ ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ޝަކުވާތައް ލިބެމުން އަންނާތީ އެ މައްސަލަތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފިއެވެ.

ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށައަޅާފައި ނުވި ނަމަވެސް ކަރަންޓު ބިލު ބޮޑު ކަމަށް ބުނާ މައްސަލަ ކަރަންޓުގެ ޚިދުމަތް ދެމުންދާ ފަރާތްތައް ރެގިއުލޭޓް ކުރަން އޮންނަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ނެރެފައިވާ އިއުލާނެއް ގައި ބުނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭގެ ސަބަބުން އެޅި ފިޔަވަޅުތަކާ ގުޅިގެން ދިމާވި އިގްތިސާދަށް އައި ލޮޅުމާއެކު ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރު ކުރުމާ ގުޅިގެން ސަރުކާރުން ދޭން ފަށާފައި ވާ ސަބްސިޑީ މި މަހު ވަނީ ފުރަތަމަ ފަހަަރަށް އުނި ކޮށްފައެވެ.

މިހާރު ބިލު ތަކުން މިފެންނަ ބަދަލު ތަކަކީ ކޮވިޑާއި ގުޅިގެން ދިން ސަބްސިޑީޒް ނުލައި ގޭބިސީތަކުގެ ކަރަންޓު ބިލު ހަދާފައިވާ ތީވެ ފެންނަ ބަދަލު ތަކެއް ކަމަަށް ސްޓެލްކޯ އިން މައުލޫމާތު ދެއެވެ.

އަދި މީގެ ކުރިންވެސް ކަަރަންޓު ބިލުން ކުރިން ނުފެންނަ ވަރުގެ ބޮޑު ވުމެއް ފެންނަ ނަމަ އެ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅައި އެންގުމުން އަލުން ރީޑިންގ ނަގައި ބިލު ހަދާދޭނެ ކަމަށް ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކުރިންވެސް މި ކުންފުނިން ކަސްޓަމަރުން އެދިލައްވާ ނަމަ ކޮށްދޭ ކަމެއް ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރައްޔިތުންގެ އިގްތިސާދީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، ސަބްސިޑީ ކަނޑާނުލުމަށް އެދި ގިނަ ބަޔަކު އަންނަނީ ސޯޝިއަލް މީޑިއާގައި ގޮވާލަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!