ޚަބަރު
މަޑަވެލީގައި ބިދޭސީންތަކަކާއި ދިވެހިންނާ ދެމެދުގައި ހަމަނުޖެހުމެއް ހިނގައިފި

ގދ މަޑަވެލީގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންނާއި، އެރަށު ބަޔަކާ ދެމެދު ހަމަނުޖެހުމެއް ހިންގައިފިއެވެ.

މަޑަވެލިން ވާހަަކަ ދެއްކި މީހަކު ބުނި ގޮތުގައި އެރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާ ބިދޭސީންނާއި އެރަށުގެ ބަޔަކާ ދެމެދުގައި ހިނގައިގެން އުޅޭ ހަމަނުޖެހުމަކީ އެރަށު މީހަކާއި ބިދޭސީއަކާ ދެމެދު ހިނގައިދިޔަ ޒުވާބެއްގެ ފަހުން ހިނގަމުންދާ ހަމަނުޖެހުމެއް ކަމުގައެެވެ.

އެމީހާ ބުނި ގޮތުގައި ބިދޭސީންނާއި އެރަށު ބަޔަކު މަގުމަތިން ދިމާކޮށް އިންޒާރުދިން މައްސަލައިގައި ބިދޭސީންތަކެއް މާރާމާރީ ހިންގުމަށް ދަނގަޑާއި ވަޅި ހިފައިގެން ނުކުމެ މާރާމާރީ ހިންގަން އުޅުނު ކަމަށެވެ.

މަޑަވެލި ކައުންސިލް ރައީސް “ހުވަދޫ ނިއުސް” އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ރަށުތެރޭގައި ބިދޭސީންތަކަކާއި ޒުވާނުންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް މާރާމާރީ ހިންގާފައި ނުވާ ކަމަށެވެ. މިމައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!