ފެންޑާ
އިންޑިއަން އައިޑޮލް 12 ކާމިޔާބުކުރާނެފަރާތް ބެލުންތެރިން ނިންމައިފި

އިންޑިއަން އައިޑޮލް12 ކާމިޔާބު ކުރާނެ ފަރާތެއް ހޯދުމަށް ބެލުންތެރިންނަށް ހުޅުވާލެވުނު ވޯޓުގެ ފުރުޞަތު ބޭނުންކޮށް، އިންޑިއަން އައިޑޮލް 12 ކާމިޔާބު ކުރުމަށް ބޭލުންތެރިން ބޭނުންވާފަރާތް ބެލުންތެރިން ނިންމައިފިއެވެ.

މިފަޚުރުވެރި ޝަރަފު ޙާޞިލްކޮށް 25 ލައްކަ އިންޑިޔަން ރުޕީސް ގެޔަށް ގެންދަން ބެލުންތެރިން ބޭނުންވާ ފަރާތަކީ ގިނައަދަދެއްގެ ބެލުންތެރިންގެ ހިތުން ޚާއްސަ ޖާގައެއް ހޯދާފައިވާ، ހުނަރުވެރި ޕަވަންދީޕް ރާޖަން އެވެ.

އިންޑިޔަން އައިޑޮލް 12 ގެ ފައިނަލާއި ކައިރިވަމުން އަންނަ ވަރަކަށް ވާދަވެރިކަން އަންނަނީ ބޮޑުވަމުންނެވެ. މޮޅެތި ހުނަރުވެރި ލަވަކިޔުންތެރިން ގަދަ6ގައި ހިމެނިފައިވާކަން ފާހަގަކުރެވުނެވެ. އަދި މިއިން ކޮންމެ ލަވަކިޔުންތެރިންގެ ފޭނުންގެ ސޯޝަލް މީޑިޔާގެ ތަފާތު ގްރޫޕްތައް އުފެދި، ވާދަވެރިކަން ވަރަށްބޮޑުތަނުން އިތުރުވެފައި ވެއެވެ.

ޕަވަންދީޕަށް އައިޑޮލް ކާމިޔާބު ކުރެވޭނެ ހެއްޔެވެ؟

އިންޑިއަން އައިޑޮލްގައި ބައިވެރިވެފައިވާ ބައިވެރިންގެ ތެރެއިން ޕަވަންދީޕަކީ ފެށުނީއްސުރެ، ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިިފައިވާ ފަރާތެކެވެ. ލަވަކިޔުމުގެ ހުނަރުގެ އިތުރުން، މިޔުޒިކް ކުޅުމަށް ބޭނުންކުރާ ހުރިހާ އިންސްޓްރޫމަންޓެއް ފަސޭހަކަމާއި އެކު ޕަވަންދީޕަކަށް ކުޅެލަން އެނގުމުގެ އިތުރުން، ޕަވަންދީޕުގެ އާދައިގެ ސާދާ ޝަޚުސިއްޔަތު ވަރަށްގިނަ ބަޔަކަށް ކަމުދެއެވެ.

ބޮލީވުޑް ލައިފުން ހުޅުވާފައިވާ ޕޯލްއަކުން އިންޑިއަން އައިޑޮލް12 ކާމިޔާބު ކުރާނެ ފަރާތެއްގެ ގޮތުގައި ބެލުންތެރިންގެ ވޯޓުން ނިންމާފައިވަނީ ޕަވަންދީޕް ކަމުގައެވެ. ޕޯލް ގެ ނަތީއްޖާ %82 އިންސައްތަ ދައްކާގޮތުން އައިޑޮލް ކާމިޔާބު ކުރާނެ ފަރާތަކީ ޕަވަންދީޕެވެ. އަދި %12 އިންސައްތަ ބެލުންތެރިންނަށް ފެންނަ ގޮތުގައި ޕަވަންދީޕަށް އައިޑޮލް ކާމިޔާބު ނުކުރެވޭނެއެވެ.

އިންޑިއަން އައިޑޮލް 12 ގެ އެންމެ ފަހު ޝޯވް އާއި ދެމެދު މަދު ދުވަސްކޮޅެއް ވީނަމަވެސް، މިފަޚުރުވެރި މުބާރާތް ކާމިޔާބު ކުރާނެ ފަރާތެއްގެ އިންތިޒާރަކީ އުދަނގޫ ކަމެކެވެ. އިންޑިއައިޑޮލް 12 ގެ މިރޭހުގައި، ތަށި ހިއްލާލާނީ، ގަދަ 6 ގައި ހިމެނިފައިވާ ފަރާތްތަށް ކަމުގައިވާ، ޕަވަންދީޕް ރާޖަން، އަރުނިތާ ކަންޖިލާލް، މުޙައްމަދު ދާނިޝް، ޝަންމުކާޕްރިޔާ، ސައިލީ ކަމްބްލީ އަދި ނިހާލް ޓައުރޯ، ތެރެއިން އެއް ފަރާތެކެވެ.

އިންޑިއަން އައިޑޮލްގެ އެންމެ ފަހު ޝޯވް ނުވަތަ އެންމެ ފަހު ޝޯ އެއަރ ކުރުމަށް ހަމަޖެހިފައިވަނީ 15 އޮގަސްޓް 2021 ވަނަ ދުވަހު މެންދުރު 12 އިން މެންދަމު 12 އަށެވެ. 12 ގަޑިއިރަށް މިޝޯވް ދެއްކުމަށް ވަނީ ނިންމާފައެވެ. އިންޑިއަން އަޑޮލް ސީޒަން 12 އަކީ، ރިއަލިޓީ ޝޯވތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޚާއްސަ ސަމާލުކަމެއް ހުއްޓިފައިވާ، އަދި އެޝޯވް އަކުން ގިނަބައެއްގެ ހިތް އަތުލައިފައިވާ ރިއަލިޓީ ޝޯވް އެވެ.  އިންޑިއަން އައިޑޮލް12 ގެ ނިމުން ފާހަގަ ކުރެވިގެންދާއިރު، މިޝޯވްގެ ޖަޖުކަން ކޮށްފައިވާ އެއްފަރާތް ކަމުގައިވާ ނިހާ ކައްކަރަށް ނިންމާ ފަހު ޝޯވްގައި ބައިވެރި ނުވެވޭ ވާހަކަ ވަނީ އަންގާފައެވެ.

އިންޑިއަން އައިޑޮލްގެ އިނާމާއި، ފައިސާ:

އިންޑިއަން އައިޑޮލް ކާމިޔާބުކުރާ ފަރާތަކަށް ލިބިގެންދާ ފަޚުރުވެރި އިންޑިއަން އައިޑޮލްގެ ތަށީގެ އިތުރުން، ފައިސާގެ އިނާމެއްގެ ގޮތުގައި 25 ލައްކަ އިންޑިއަން ރުޕީސް ލިބިގެންދާނެއެވެ. މީގެ އިތުރުން މުބާރާތް ކާމިޔާބު ކުރާފަރާތަކަށް މިޔުޒިކުގެ ދާއިރާއިން ތަފާތު ކޮންޓްރެކްޓްތައް ލިބިގެން ދާނެއެވެ.

އިންޑިއަން އައިޑޮލްގެ ޖަޖުންގެ ޕެނަލުގައި އެކުލެވެނީ، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިންނާއި، މިޔުޒިކް ހަދާ ފަރާތްތަކެވެ. މިގޮތުން މިމުބާރާތުގައި ޖަޖުންގެ ގޮތުގައި ކުރިން ޙަރަކާތްތެރި ވެފައި ވަނީ، .ނިހާ ކައްކަރު، ހިމޭޝް ރޭޝަމިޔާ އަދި ވިޝާލް ދަދްލާނީއެވެ. މުބާރާތުގެ މިހާރު ޖަޖުންގެ ޕެނަލުގައި މަސައްކަތް ކުރަމުން އަންނަނީ، ސޯނޫ ކައްކަރު، އަނޫ މަލިކު އަދި ހިމޭޝް ރޭޝަމިޔާއެވެ. ޝޯވް ހޯސްޓް ކުރަމުން އަންނަނީވެސް ލަވަކިޔުންތެރިޔެއް ކަމުގައިވާ އަދިތްޔާ ނާރާޔަން އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!