ޚަބަރު
މަކަރާއި ހީލަތުން ގިނައަދަދެއްގެ ފައިސާ ހޯދުމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއެކު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރަމުންދާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަސް ހއ. ބާރަށް، ކޭސީވިލާ، އިބްރާހިމް ރަޝީދު (36އ) ހާޒިރުވުމަށް އަންގާ ކަމުގައެވެ.

މިމައްސަލައާ ގުޅިގެން ސުވާލު ކުރުމަށް، 2021 އޮގަސްޓް 08 ވަނަ ދުވަހުގެ 16:00 އަށް އިބްރާހިމް ރަޝީދު، ޝަހީދު ހުސައިން އާދަމް ބިލްޑިންގް އަށް ހާޒިރުވުމަށްވެސް ފުލުހުން އަންގާފައިވެއެވެ.

ފުލުހުން ބުނީ އިބްރާހިމް ރަޝީދު ހާޒިރުކުރެވޭ ހައިސިއްޔަތަކީ 2021 ޖޫން 05 ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186/68 (ފަސްދޮޅަސް ހާސް އެއްސަތޭކަ އަށްޑިހަ ހަ ރުފިޔާ ފަސްދޮޅަސް އަށް ލާރި) ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަ އަކީ މިފަހަކަށް އައިސް ވަރަށް ގިނައިން ހިނގަމުންދާ ކަމެކެވެ. ދާދި ފަހުންވެސް ފުލުހުން ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މީހަކަށް ގުޅުމަށް ފަހު ފައިސާ އާއި ހަވާލުވުމަށް ދިޔަ ޒުވާނަކު މަގުމަތިން ހައްޔަރުކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!