ޚަބަރު
ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ރަސްމީކޮށް ބިޑްކޮށްފި

މި އަހަރު ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ރަސްމީކޮށް ބިޑްކޮށްފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގައި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓް ކުރުމަށް މިއަދު ރަސްމީކޮށް ބިޑް ކޮށްފައިވާ ކަން ވަނީ އިއުލާން ކޮށްފައެވެެ.

މި ޓުވީޓުގައި ބައިނަލްއަގްވާމީ މެޗުތަކާއި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްޕުޅާއި ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ފޯރުކޮށްދެއްވަވާ އެހީތެރިކަން ބަލައިގަނެ އެކަމަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތް ބާއްވަން ފުރަތަމަ ހަމަޖައްސާފައިވަނީ ޕާކިސްތާނުގަ އެވެ. އެކަމަކު ބަންގްލަދޭޝްގެ އެދުމުގެ މަތިން ފަހުން އެ މުބާރާތް ބާއްވަން ނިންމީ އެގައުމުގަ އެވެ.

އެހެން ނަމަވެސް ބަންގްލަދޭޝްގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން މުބާރާތެއް ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ނުދިނުމާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބާއްވަން އޭއެފްސީން ވަނީ އަލުން ބިޑު ކުރުމަށް ހުޅުވާލާފައެވެ.

ރާއްޖޭގެ އިތުރަށް ނޭޕާލާއި އިންޑިއާ އިން ވެސް ވަނީ ކުރިން މި މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެން ނަމަވެސް އަދި ރަސްމީކޮށް މި ދެގައުމުން އަދި ބިޑު ކޮށްފައެއް ނުވެއެވެ. މިއަދުގެ ވަގުތެއްގައި ނޭޕާލާއި އިންޑިއާއިން ވެސް ބިޑު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުރިން އަހަރުގެ މުބާރާތް ތަކުގައި 7 ގައުމުން ބައިވެރިވި ނަމަވެސް މިފަހަރު ބޫޓާނުން ބައިވެރި ނުވުމާއި، ޕާކިސްތާން ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނީ 5 ގައުމެކެވެ.

އަދި ކުރިން އަަހަރުތަކުގައި ދެ ގުރޫޕަކަށް ބަހައިގެން ކުޅުނު ނަމަވެސް މި ފަހަރު ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ޕޮއިންޓުގެ ގޮތުން އެންމެ މަތިން ލިބޭ ދެޓީމު ފައިނަލުގައި ކުޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މިހެން މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ނިންމާފައި މިވަނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތައް މަަދުވީމައެވެ.

ބިޑު ހުށައަޅާ ގައުމުތަކުގެ ތެރެއިން މުބާރާތް ބާއްވާ ގައުމެއް އަންނަ ހަފްތާތެރޭގައި އިގިގެންދާނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!