ޚަބަރު
އިސްލާމިކްބޭންކުން އިތުރު އޭޓީއެމް އެއް ބަހައްޓަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އިން ތިނަދޫގައި އިތުރު އޭޓީއެމްއެއް ބެހެއްޓުމަށް އަންނަނީ ތައްޔާރިވަމުންނެވެ.

އޭޓީއެމް ބެހެއްޓުމަށް އިސްލާމިކް ބޭންކަށް ދޫކުރެވޭ ބިމުގެ އެގްރިމެންޓުގައި ތިނަދޫ ކައުންސިލާއިއެކު މިއަދު ސޮއިކޮށްފައިވާކަމަށް ތިނަދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. ތިނަދޫ ކައުންސިލުން ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެމް.އައި.ބީ އަށް އޭޓީއެމް އެއް ބެހެއްޓެމުަށް ދޫކުރެވިފައިވަނީ ތިނަދޫ ބަދަރު ސަަރަޙައްދުގައި ގާޑިޔާތަށް ހިންގަމުންދާ ސަރަހައްދުގެ ބިމެކެވެ.

ތިނަދޫ ކައުންސިލްގެ ރައީސް، ސަޢުދު އަލީ ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ބުނުއްވާފައިވާގޮތުން، އެމް.އައި.ބީ އަށް އޭޓީއެމް އެއް ބެހެއްޓުމަށް ބިމެއް ދޫކުރުމަށް ނިންމި ނިންމުމަކީ، ފާއިތުވީ ކައުންސިލުގެ ނިންމުމެއް ކަމަަށެވެ. އަދި އެގްރިމެންޓުގައި ސޮއިކުރެވި ބިން ޙަވާލުކުރުމުން ކުރީގެ ކައުންސިލްގެ ނިންމުމަށް މިއަދު އަމަލީ ސިފަ ގެނެވުނީ ކަމަށެވެ. އެމް.އައި.ބީ އަށް ހަވާލާދީ ސައުދު މަޢުލޫމާތު ދެއްވި ގޮތުގައި، އޭޓީއެމް އެއް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު އެމްއައިބީ އިން އިޢުލާން ކުރައްވާނެ ކަމަށެވެ.

އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ތިނަދޫގައި ހުޅުވިފައި ވުމުގެ އިތުރުން، ދެބޭންކުންވެސް، ތިނަދޫގައި އޭޓީއެމް ބަހައްޓައިގެން އޭޓީއެމްގެ ޚިދުމަތް މިހާރުވެސް އަންނަނީ، ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

އިސްލާމިކް ބޭންކުގެ އިތުރު އޭޓީއެމް އެއް ތިނަދޫގައި ބެހެއްޓިގެން ދިޔުމަކީ ކަސްޓަމަރުންނަށް ނުހަނު ލުއިތަކެއް ލިބިގެންދާނެ ކަމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!