ޚަބަރު
ވެކްސިން ނުޖަހާ ފަރާތްތައް ރާއްޖޭގެ ސްކޫލްތަކަށް ވަނުން މަނާ ކޮށްފި

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

އެހެންކަމުން އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ ޓީޗަރުންނާއި، އެހެނިހެން މުވައްޒަފުންނާއި، ވެކްސިން ޖެހޭ އުމުރުގެ ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނެވެރިންނަށް ސްކޫލަށް ވަދެ ނުކުތުން މަނާ ވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުޑައިރުކޮޅެއް ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި، ކޮވިޑް އިން ރައްކާތެރިވުމަށް ސްކޫލް ތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާ ކަމަށެވެ.

“ދަރިވަންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރަމެވެ”. އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ވިދާޅުވިއިރު، ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުގެ މީހުންނަށް ވެކްސިން ދިނުމަށްޓަކައި ހާއްސަ ކެމްޕޭނެއް މިހާރު ވަނީ ފަށާފައެވެ. އެ ކެމްޕޭންގެ ދަށުން އެ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ދިނުމަށް ސަރުކާރުން އަޒުމް ކަނޑަޅާފައިވާއިރު، އެ ހުރިހާ އެންމެންނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް ވެކްސިން ލިބިފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ވެކްސިން ފުރިހަމަ ކުރެވިފައިވާ ކަމަށް ބަލަނީ، ވެކްސިންގެ ދެ ޑޯޒް ހަމަކޮށް 14 ދުވަސް ވުމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!