ޚަބަރު
އީވާ ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 11 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެމްބަރުންނެވެ. އެމްޑީޕީގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ތިން ބޭފުޅުންނަކީވެސް އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރައްވާ ތިން ބޭފުޅުންނެވެ. މިޚިޔާލު ތަފާތުވުންތަކުގެ ތެރެއިން މަޖިލީހުގެ ނާއިބް ރައީސް އީވާ އާއި، ވިލުފުށި ދާއިރާގެ މެމްބަރު ޙަސަން އަފީފް ވަނީ އެމްޑީޕީން ވަކިވެފައެވެ.

މަޖިލީހުގެ ނާއިބް ރައީސްކަމުގެ މަޤާމުން އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ 50 މެމްބަރުންގެ ސޮޔާއި އެކުއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކުރީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް އެމްޑީޕީ އާއި ސަރުކާރަށް ފާޑު ވިދާޅުވެ، ޕާޓީން ވަކިވެ ވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށްޓެވިއިރު އެކަމުގައި އީވާ ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ.

މަޖިލީހުގެ ނައިބު ރައީސް އާއި އަދި ވަޒީރުންގެ ވެސް އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 55 އަށް އަރައެވެ. އެހެންކަމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން މެންބަރުންތަކެއްގެ ތާއިދު ނެތި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއް ނުވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!