ޚަބަރު
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މެމްބަރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައިވާ ގޮތުގައި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކޮށްފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހަށެވެ.

މިނިސްޓާރ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައާއި ގުޅުވައިގެންނެވެ. އެގޮތުން  މޮރިޝަސްއާ ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރުމާ ބެހޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ބެލި މައްސަލާގައި ރާއްޖޭގެ އިމުން ބައެއް ގެއްލޭގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރުމަށްފަހުއެވެ.

މީގެކުރިން މެއި މަހުގެ 15 ދުވަހުވެސް ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އެ މައްސަލަ އަނބުރައި ގެންދިއުމަށްފަހު މިމަހުގެ 16 ވަނަ ދުވަހު އަލުން މައްސަލަ ހުށަހަޅާފައިވަނީ ބައެއް ބަދަލުތަކާ އެކުގައެވެ.

ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 55 އަށް އަރައެވެ. އެހެންކަމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން މެންބަރުންތަކެއްގެ ތާއިދު ނެތި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއް ނުވާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!