ޚަބަރު
އިދިކޮޅު ކޯލިޝަނާއި ނުގުޅޭނެ ކަމަށް ގާސިމް ބުނެފި

ސަރުކާރު ކޯލިޝަން ފިޔަވައި އެހެން ބަޔަކާއި އެކު މަސައްކަތް ކުރުމުގެ ވިސްނުން ނެތް ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ދާދީ ފަހުން ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އިދިކޮޅުގެ ހަރަކާތުގައި، ގާސިމް ވެސް ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަަންގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަން ދައުވަތު ދެއްވައިފައެވެ.

މި ދައުވަތާއި ގުޅިގެން އެމަނިކުފާނަށް ކުރިމަތި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، އިތުރު ބަޔަކާއެކު މަސައްކަތްކުރާ ނަމަ އެކަން ނިންމާނީ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އަދި ސަރުކާރު ކޯލިޝަން ފިޔަވައި އިތުރު އެހެން ބަޔަކާއި ގުޅިގެން މަސައްކަތް ކުރަން ވިސްނަން އަދި މާއަވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަނަކީ މި ވެރިކަމުގެ ފަސް އަހަރުގެ ދައުރަށް އެއްބަސްވެފައިވާ ކޯލިޝަނަކަށް ގާސިމް ފާހަގަ ކުރެއްވިއެވެ. ކުރިން އެއްބަސްވީ ގޮތަށް ޖޭޕީ އަށް ލިބެންވީ މިންވަރު ނުލިބުނު ނަމަވެސް ޖޭޕީ ދެމި އޮންނާނީ ކޯލިޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުުދު ފުއްދަން އެމަނިކުފާނާއި އެކު ކަމަށް ވެސް ގާސިމް ވިދާޅުވެއެވެ.

ރާއިސް ސޯލިހުގެ ކެބިނެޓްގައި ހިމެނޭ ޖޭޕީގެ ދެ ވަޒީރުންވެސް ދާދި ފަހުން ވަނީ ވަކިކޮށްފައެވެ. ޖޭޕީގެ ވަޒީރުންނަކީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ކެބިނެޓުން ވަކި ކުރި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި މި އަހަރުގެ ތެރޭގައި ވަކި ކުރެވުނު ކޮމިއުނިކޭޝަން އެންޑް ޓެކްނޮލަޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލްއެވެ.

ޖޭޕީން ގައުމުގެ ހަމަޖެހުނަ ގެއްލޭނެ ކަމެއް ނުކުރާނެ ކަމަށާއި، އަދި ރައީސް ސޯލިހްގެ ވެރިކަން ރަނގަޅަށް ހިނގަމުން ދަނިކޮށް، އެ ވެރިކަމާ ދެކޮޅަށް ނުކުތުން ވާނީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް ހަލަބޮލިކަމެއްގެ ތެރެއަށް ދާނެ ކަމެއް ކަން ގާސިމް ފާހަގަ ކުރެއްވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!