ޚަބަރު
ފުވައްމުލަކު ކަރަންޓު މައްސަލައަށް ވަގުތީ ހައްލެއް

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށް ފެނެކަ ކޯޕަރޭޝަނުން ދެންމެ ބުނެފި އެވެ.

މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ފުވައްމުލަކުގައި ރޭ ފަތިހު 4:45 ހާއިރުން ފެށިގެން ވަނީ ފެނާ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.

އެރަށުގެ 80 ޕަސެންޓް ގޭބިސީއިން ފެނާ ކަރަންޓު ކެނޑުނު ނަމަވެސް ފެނަކައިގެ ފުވައްމުލަކު ބްރާންޗުން  ބުނެފައި ވަނީ އެ މައްސަލަތަކަށް ހައްލު ވަގުތީ ގޮތުން ހޯދައިދީފައިވާނެ ކަމަށެވެ. ފުރިހަމަ ހައްލެއް ހޯދައިދެވެން ދެން ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަންކަމަށް ކަރަންޓް ބޭނުން ކުރުމަށް ފުވައްމުލަކު ރައްޔިތުންގެ ކިބައިން ވަނީ އެދިފައެވެ.

އައްޑޫ ސިޓީއިން ޓްރާންސްފޯމަރެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް އަލުން ކަރަންޓާއި ފެނުގެ ހިދުމަތް ދޭން 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ލަފާކޮށްފައެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!