ރިޕޯޓް
ވާގާތުގަލު ހުއްޓާ އެދިގޮވަނީ އަހަރެން ސަލާމާތްކޮށްދީ!

ގއ. ދެއްވަދޫއާއި ފަސް މޭލް ދުރުގައިވާ ވަގާތުގަލު ހުއްޓާއަކީ ގުދުރަތީ ވަރަށްބޮޑު މުއްސަނދިކަން ލިބިފައިވާ ރީތި ސާފު ދޮންވެލި ފިނޮޅެކެވެ. އެތަކެއްހާސް ދޫނި އެތަނަށް ބިސްއަޅައި އާލާވަމުންއައި ރީތި ފިނޮޅެކެވެ. ވަރަށްގިނަ އަދަދެއްގެ ކޯމަސްތަށްވެސް އާލާވަމުންއަންނަ ސަރަހައްދެކެވެ. މިތަނަކީ މޫދަށް އެރިލައި ދަތުރު ދާން ވަރަށްވެސް ހިތްގައިމު ތަނެކެވެ

ނަމަވެސް ހިތާމައަކީ ވަގާތުގަލު ހުއްޓާ މިއަދު އެއްކޮށް ނެތިގެންގޮސްދާނެ ކަމުގެ ބިރެވެ. 26 މާރޗް 2018 ގައި މިހުއްޓާގެ ހާލަތު ދެނެގަތުމަށް އަހަރެން ދިޔައީމެވެ. ބެލިބެލުމުން މިތަނުން ވެލިނެގުމަށް ބޭނުންކުރާ ގޯނިތަކާއި ވެލިނެގުމަށް ބޭނުންކުރާ އުދަނލި ފެނުނެވެ.އަދި ފަޅުތެރެއިން ގިނަ އަދަދެއްގެ ވެލިބަސްތާތަށް ފެނުނެވެ. މިތަނުން ގިނައަދަދަކަށް ވެލިނެގުމުގެ ސަބަބުން މިފިނޮޅުވަނީ އެއްކޮށްހެން ގިރައިގެން ގޮސްފައެވެ.

މިހާރު ފުޅާ މިނުގައި ދިހަ ފޫޓް، . ދިގުމިނުގައި ސާޅީސް ފޫޓްގެ މިފިނޮޅަކީ ކުރިން ވަށްކޮށް ދިގުކޮށް އޮއްނަ ބޮޑު ފިނޮޅެކެވެ. އަދި ގިނަ އަދަދެއްގެ ކިރު ދޫނި، ކުރަނގި، މާރަނގ، ވައްލަ، އައިންމަތީ ގާދޫނި އާލާވަމުންއައި ފިނޮޅެކެވެ

ނަމަވެސް މިހާރު މިތަނުން ކުރަނގި ނޫނީ އެހެން އެއްވެސް ވައްތަރެއްގެ ދޫންޏެއް ނުފެނެއެވެ. އައިންމަތީ މާދޫންޏާއި ، ބޮޑު މާދޫނި(މާކޮޅަލަ)،ކިރުދޫނި އެއީ އެއްގޮތަކަށްވެސް މިސަރަހައްދުން ނުފެއްނަ ދޫނިތަކެވެ. ކުރީގައި ދެއްވަދޫ ފަޅުތެރެއާއި ދެއްވަދޫ ކައިރީ ފަޅުރަށްތަކުގައި އެންމެ ގިނައިން އުޅޭ އެއްބާވަތުގެ ދޫންޏަކީ ބޮޑު މާދޫންޏާއި ކިރުދޫނިއެވެ. ނަމަވެސް މިއީ އެއްގޮތަކަށްވެސް މިހާރު ނުފެންނަ ދޫނިތަކެވެ. ކޮންވެސް ވަރަކަށް މިޔަރަންދޫނި އުޅެއެވެ

ގުދުރަތީގޮތުން އުފެދިފައިވާ މިފަދަ ފިނޮޅުތައް ހަލާކުވުމުން މިތަންތަން އަލުން އުފެދުމަށް އެތަކެއް އަހަރުތަކެއް ނަގާނެއެވެ. ގއ.ދެއްވަދޫ ކައިރީގައިވާ މިފިނޮޅު ނެތިދިޔުމަކީ ދެއްވަދޫގެ ރައްޔިތުންގެ މުސްތަޤުބަލަށްހުރި ވަރަށްވެސް ބޮޑު އަގުނުކުރެވޭވަރުގެ ގެއްލުމެކެވެ. ދެއްވަދޫ ކައިރީގައި ރިޒޯޓްތައް ގިނަވެފައި ލޯކަލް ޓޫރިޒަމް ވައިގެ ހިފަމުންދާ މިދަނޑިވަޅުގައި މިތަން ހިމާޔަށްކޮށް ބެލެހެއްޓުމަކީ ދެއްވަދޫ ރައްޔިތުންގެ ޒިންމާއެއެކެވެ

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭގޮތުން ހެދިފައިވާ ޤާނޫންގެ ދަށުން ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކަށް ޖޫރިމަނާ ކަޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު މިތަނުން ވެލިނަގާ ފަރާތްތަކަށް އެޅުމަށް އީޕީއޭ އަށް ގޮވާލަމެވެ. ދެއްވަދޫއަށް ދޮންވެލި ގެނެސްދޭ ފަރާތްތަކުން ދޮންވެލި ނަގަނީ ކޮންތާކުންތޯ ބަލައި މޮނިޓަރ ކުރުމަކީ ދެއްވަދޫ ކައުންސިލްގެ ޒިންމާއެއްކަމުގައި އަޅުގަނޑު ޤަބޫލްކުރަމެވެ.

ވެލިނެގުމަށް ބޭނުންވާ ފަރާތްތަކުން ވެލިނަގަން ހުއްދަދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތް ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި ހުއްނާނެކަމަށް އީޕީއޭ އިން ބުނެއެވެ. ބަޔެއްގެ ހިތްހަމަޖެހުމަށް މިފަދަ ގުދުރަތީ ތަންތަން ހަލާކުކޮށްލާތަން ބަލަހައްޓައިގެން ނުތިބެ އަވަސް ފިޔަވަޅު އަޅަމާ ހިނގާށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!