“އަލިކަމުގެ ސިޓީ” ގެ ނަމުން މަޝްހޫރުވެފައިވާ ޕާކިސްތާނުގެ ކަރާޗީ ފެނިގެންދަނީ އަޅާލުމެއްނެތި ދޫކޮށްލެވިފައިވާ މަންޒަރެވެ.
މިހާރުވެސް ޖަރީމާތަކާއި ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވެފައިވާ އެ ޤައުމުގެ ވިޔަފާރީގެ ވެރިރަށަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، އޭގެ ތެރޭގައި، ރޭވުންތެރިކަމެއް ނެތި ރަށްވެހިވުމާއި، އެކި ކަންކޮޅުތަކުން އާބާދީ ގިނަވުމާއި، ތަޣައްޔަރުވުން އިތުރުވަމުންދާ މިންވަރާއި، އަދި އެންމެ ބޮޑު ކަމަކީ، ހަރުދަނާ އަދި ޒަމާނީ ކުނި ނައްތާލުމުގެ ނިޒާމެއް ނެތުމެވެ.
ޕާކިސްތާނުގެ އެކި ސިޓީތަކުގެ ކުނީގެ މައްސަލަ އޮތް މިންވަރަކީ ކުޑަ ކުޑަކުދިންތައް ކުނިގޮޑުތަކުން ރީސައިކަލް ކުރެވޭ ތަކެތި ހޯދައި އެ ވިއްކުމުގައި އުޅުމެވެ. މީ މކިހާރު އެ ގައުމުގައި އާންމު ވެފައިވާ ކަމެކެވެ.
ޕާކިސްތާނުން އަހަރަކު ގާތްގަނޑަކަށް 49.6 މިލިއަން ޓަނުގެ ކުނި އުފައްދަމުން އަންނައިރު، މިއީ އަހަރަކު 2.4 އިންސައްތައަށްވުރެ އިތުރުވަމުންދާ ކުނިތަކެކެވެ. ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކެކޭ އެއްފަދައިން ޕާކިސްތާނުގައިވެސް ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗަރ ނެތުމުގެ ސަބަބުން ތިމާވެށީގެ ބޮޑެތި މައްސަލަތައް ވަނީ އުފެދިފައެވެ.
ގިނަ މުވަސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ކުނި އަންދާލައި، އުކާލާ، ނުވަތަ ހުސް ތަންތަނުގައި ވަޅުލުމުން އާންމު ރައްޔިތުންގެ ސިއްހަތާއި މަންފާއަށް ނުރައްކާވެ އެވެ. ޕާކިސްތާން ސަރުކާރުން އަންދާޒާކުރާ ގޮތުގައި ހަފުތާއަކު 87،000 ޓަނުގެ ކުނި އުފެދޭ އިރު، އޭގެ ތެރެއިން އެންމެ ގިނައިން އުފެދެނީ ބޮޑެތި މެޓްރޮޕޮލިޓަން ސަރަހައްދުތަކެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގައި ދުވާލެއްގެ މައްޗަށް 16،500 ޓަނަށް ވުރެ ގިނަ މުނިސިޕަލް ކުނި އުފައްދަ އެވެ. އާބަން ވޭސްޓް މެނޭޖް ކުރާނެ ގޮތަކާ މެދު ބޮޑެތި ހުރިހާ ސިޓީއަކަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. އޮބްރޯކްރަޓިކް ހުރަސްތަކާއި އާބަން ޕްލޭނިން ނެތުމާއި ކުނި މެނޭޖް ކުރުމަށް ބޭނުންވާ އާލާތްތައް އެކަށީގެންވާ މިންވަރަށް ނުލިބުމާއި އާންމުންގެ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން މި މައްސަލަ ދިމާވެ އެވެ.
އެ ސިޓީގެ ފެން ހިންދުމުގެ ނިޒާމުގައި ހިމެނެނީ ޒަމާންވީ މަށީގެ ޕައިޕްތަކެވެ. އެ ހޮޅިތައް ގިނަފަހަރަށް ބަންދުވެ ފަޅައިގެން ގޮސް، މަގުތަކުގެ ބޮޑު އަދި ކުދި ބައިތަކަށާއި ހުސް ބިންތަކުގައި ފެންބޮޑުވެ، ޕުޓްރިޑް ފެނުގެ ޕޫލްތައް ހުރެއެވެ.
ކަރާޗީ މެޓްރޮޕޮލިޓަން ކޯޕަރޭޝަން (ކޭއެމްސީ)ގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި 2012 ވަނަ އަހަރާ ހަމައަށް އެ ސިޓީން އެވްރެޖްކޮށް 6،000 ޓަނާއި 8،000 ޓަނާ ދެމެދުގެ އަދަދަކަށް ކުނި އުފައްދައި، ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި އެ އަދަދު ވަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފަ އެވެ. ތިމާވެށީގެ އިތުރުން ފެހި ބިން ގެއްލުމަކީ ކުރިއަށް އޮތް އަހަރުތަކުގައި އެގައުމަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.