ޚަބަރު
އިދިކޮޅުގެ ދައުވަތަށް އެމްއާރްއެމް އިން މިއަދު ޖަވާބު ދެނީ

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ “މިނިވަންކަމުގެ ދިފާއުގައި – ދިވެހީން” ކެމްޕެއިނާއި ގުޅުމަށް ދެއްވި ދައުވަތަށް މިއަދުގެ ވަގުތެއްގައި ޖަވާބު ދެއްވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅިވެއްޖެއެވެ.

 އެމްއާރްއެމްގެ އިތުުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް އިދިކޮޅު ކޯލިޝަންގެ މި ދައުވަތު ރަސްމީކޮށް އިއްޔެ ވަނީ ފޮނުވާފަ އެވެ.
މި ދައުވަތާއި ގުޅިގެން ރައިސް މައުމޫނަށް ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެ ސިޓީއާ ގުޅިގެން ޕާޓީގެ އިސް ބައެއް ބޭފުޅުންގެ މަޝްވަރާ ހޯއްދަވާފައިވާ ކަމަށާއި އެސިޓީގެ ޖަވާބު މިއަދުގެ ވަގުތެއްގައި ދެއްވާނެ ކަމަށް ވެސް މަައުމޫން ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްއިން ވަނީ އެ ބޭފުޅުންގެ ދައުވަތު ސަރުކާރުގެ ކޯލިޝަންގައި އޮތް ހުރިހާ ޕާޓީއެއްގެ ވެރިންނަށް ދީފައެވެ. އެ ގޮތުން ޕީޕީއެމް އިން  އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަދާލަތު ޕާޓީގެ ރަައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މި ދައުވަތު ވަނީ ފުނުވާފައެވެ.

މި ކަމާއި ގުޅިގެން ޖުމުހުރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީން ގައުމުގެ ހަމަޖެހުނަ ގެއްލޭނެ ކަމެއް ނުކުރާނެ ކަމަށާއި، އަދި ރައީސް ސޯލިހްގެ ވެރިކަން ރަނގަޅަށް ހިނގަމުން ދަނިކޮށް، އެ ވެރިކަމާ ދެކޮޅަށް ނުކުތުން ވާނީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް ހަލަބޮލިކަމެއްގެ ތެރެއަށް ދާނެ ކަމެއް ކަމުގައެވެ.

 އަދި މިއީ މި ސަރުކާރާއި ދެކޮޅަށް ނުކުންނަން ވީ ވަގުތު ނޫން ކަމަށާއި ކޮވިޑްގެ ސަބަބުން ގައުމުގެ ހުރިހާ ދިމާއަކުން ގެއްލުނު ކަންކަން ހޯދަންވީ ވަގުތު ކަމަށް ވެސް ގާސިމް ވިދަޅުވެއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު ވެވުނު އެއްބަސްވުމުގައިވާ ގޮތަށް ކަންކަން ހިނގަމުން ނުދާ ކަމަށާއި، އެހެންނަމަވެސް ޖުމުހުރީ ޕާޓީން އޮންނާނީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ސަރުކާރަށް އެހީ ވުމުގައި ކަމަށެވެ.
ކޯލިޝަން ޕާޓީ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ލީޑަރ އިމްރާން އަބްދުﷲ އަދި މި ކަމާއި ގުޅިގެން ވަކި އެއްޗެއް ދަންނަވާފައި ނުވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!