ޚަބަރު
އިމްތިހާނަކާއި ނުލައި ލައިސެންސް ދޫކުރަނީ

ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް އިހްތިޔާރު ދީފައިވެއެވެ.

އެ އިހްތިޔާރުގެ ދަށުން 25 ގައުމެއްގެ މީހުންނަށް ރާއްޖޭގެ ދައިމީ ލައިސަންސް ނެގޭނެއެވެ. މި އިހްތިޔާރުން ލައިސެންސް ނެގުމުގެ ހުއްދަ ދިން 25 ގައުމަކީ:

 1. އަފްޣާނިސްތާން
 2. ބޫޓާން
 3. އިންޑިޔާ
 4. ނޭޕާލް
 5. ޕާކިސްތާން
 6. ސްރީލަންކާ
 7. ބުރުނައީ
 8. ކެމްބޯޑިއާ
 9. އިންޑޮނީޝިއާ
 10. ލާއޯސް
 11. މެލޭޝިއާ
 12. މިޔަންމާ
 13. ފިލިޕީންސް
 14. ސިންގަޕޫރް
 15. ތައިލެންޑް
 16. ވިއެޓްނާމް
 17. ޖަޕާން
 18. ޔުނައިޓެޑް ކިންގްޑޮމް
 19. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
 20. ޔުނައިޓެޑް އެރެބް އެމިރެޓްސް
 21. ޗައިނާ
 22. ސްވިޓްޒާލެންޑް
 23. ސައުދީ އަރަބިޔާ
 24. ބެލްޖިއަމް
 25. ޖަރުމަނީ
  ރާއްޖޭގައި އިންޑިއާ އާއި  ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރުމަށް އުޅެމުންދާއިރު އިންޑިއާ މީހުންނަށް އިމްތިހާނާއި ނުލައި ލައިސެންސް އޮތް ނަމަވެސް ބަންގްލަދޭޝްގެ މީހުންނަށް އެ ފުރުސަތު ނެތެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!