ޚަބަރު
ދިހަ ހާސް ރުފިޔާ އަށް ވުރެ މަތިން ޓްރެފިކް ޖޫރިމަނާ ހުރި ނަމަ ކޮމިއުނިޓީ ސާވިސް އަށް

ޓްރެފިކް ޖޫރިމަނާ 10،000 ރުފިޔާ އަށް ވުރެ ބޮޑުވެއްޖެނަމަ ކޮމިއުނިޓީ ސާވިސްއަށް ނެެރެގެން މީހުންގެ އަތުން ފައިސާ ހޯދުމުގެ ބާރު މީރާއަށް މިހާރު ލިބިގެންވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުގެ ސަބް އިންސްޕެކްޓަރު ތޮލްހަތު އަހުމަދު ރޭ ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވީ ޖޫރިމަނާގެ ފައިސާ ވެސް މާލިއްޔަތު ގާނޫނާ އެއްގޮތަށް ހޯދިދާނެ ކަމަށެވެ. އެގޮތުން އެ ފައިސާއަކީ ވެސް މަދަނީ ދަރަންޏެއް ގޮތަށް ބަލައި އެ ފައިސާ ހޯދުމަށް މީރާއަށް ދައުވާ ކުރެވިދާނެ ކަަމަށެވެ.
ހަމަ އެހެންމެ މީހެއްގެ ދަރަނި 10،000 ރުފިޔާއަށް ވުރެ މަތިވެއްޖެނަމަ އެ މީހަކު ކޮމިއުނިޓީ ސާވިސްއަށް ނެރުމަށް އަމުރަށް އެދެމުގެ ބާރު މީރާ ލިބިގެންވާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ޖޫރިމަނާ ދައްކަން ޖެހޭ މީހާ ވެމްކޯ ފަދަ ތަނެއްގައި މަސައްކަތް ކުރުމަށް ކަނޑައެޅިދާނެ ކަމަށާއި އޭގެ ސަބަބުން ޖޫރިމަނާ ނުދެއްކޭ މީހުންނަށް ޖޫރިމަނާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ޓްރެފިކް ޖޫރިމަނާތައް ނުދެއްކި އެތައް ބަޔަކު މިހާރުވެސް އެބަ ތިއްބެވެ. އެފަދަ ބައެއް މީހުންގެ ޖޫރިމަނާގެ އަދަދު އެތައްހާސް ރުފިޔާ އަކަށް އަރަ އެވެ.
ގަވައިދާ ހިލާފަށް ސައިކަލު ދުއްވައިގެން ކުރި ޖޫރިމަނާތަކާ ގުޅިގެން ޖޫރިމަނާތައް ނުދެއްކި އެތައް ބަޔަކަށް ކައިވެނި ނުކުރެވިވެސް މީގެ ކުރިން ތިއްބެވެ. ނަމަވެސް މި އަހަރު ކުރީކޮޅު އެކަން ވަނީ ނިމުމަކަށް ގެނެސް ޖޫރިމަނާ ނުދެއްކިޔަސް ކައިވެނިކުރެވޭނެ ގޮތް ހަދައިދީފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!