ޚަބަރު
ނާޒިމް އަމަލު ކުރެއްވީ ވަރަށް ހަޑި ހުތުރު ކޮށް : ގާސިމް

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރެއްވުމަކީ ވަރަށް ހަޑިހުތުރު ކަމެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒާއި ނޮވެމްބަރު 2018 ގައި އެ ޕާޓީއާ ގުޅިވަޑައިގެންނެވި ނާޒިމް ވަނީ މިދިޔަ ޖުލައި މަހު ޖޭޕީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

 އެމްއެންޕީގެ މަސައްކަތާއި ބެހޭ ގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވާ ގާސިމް ވިދާޅުވީ، ނާޒިމާއި ރިޔާޒް ސިޔާސީ ދާއިރާގައި މިހާރު އެ ތިއްބެވި ހިސާބަށް ވަޑައިގެންނެވުނީ ގާސިމްގެ ވަރަށް ބުރަ މަސައްކަތްތަކަކާ އެކު ކަމަށެވެ. ނަމަވެސް އެކަން އެެ ދެބޭފުޅުން އެކަންތައް ބަލައިނުގަތް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

އެފަދަ ގޮތަކަށް އެ ދެބޭފުޅުންނާއި މެދު ކަންތަށް ކޮށްދީފައިވާ މީހަކާއި މެދު ރަނގަޅަށް ކަންތައް ކޮށް ނުދިން ބަޔަކު އެހެން ބަޔަކަށް އިހުލާސްތެރިވެ، ރަނގަޅުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރައްވާ ކަމަށް ސިޔާސީ ބޭނުމެއްގައި ވިދާޅުވިޔަސް އަމަލުން ފެންނަނީ އެހެން ގޮތަކަށް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ސަރުކާރުން ޖޭޕީ އަށް ކަނޑައަޅާފައިވާ ސްލޮޓްތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވީ ނާޒިމާއި ރިޔާޒް އިސްވެ ތިއްބެވި ކޮމިޓީއަކުން ކަމަށާއި އެފަދަ ބާރުތައް ވެސް ދެއްވި ކަމަށެވެ. އަދި އެ ބޭފުޅުން އަބަދުވެސް ބޭނުން ވަނީ ވެރިކަމާއި ބާރުވެރިކަން ކަމަށް ގާސިމް ވިދާޅުވިއެވެ.

2023 ވަނަ އަހަރުގައި ރިޔާސީ އިންތިހާބަށް އެމްއެންޕީ ގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަަމަށް ވެސް އެމްއެންޕީގެ ލީޑަރ އަދި ދަގެތީ ދާއިރާގެ މެމްބަރު ނާޒިމް ވަނީ ވިދާޅުވެފައިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!