ޚަބަރު
ރައީސް ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން 4 މީހަކަށް ދައުވާ ކޮށްފި.

ރައީސް ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން 4 މީހަކަށް ދައުވާ ކޮށްފިއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.

އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދިފުލުހުންގެ ތަހުގީގަށް ވަނީ އިނގުނު ގޮތުގައި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށެވެ.

ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. ސައިކަލުގައި އެ ބޮން ހަރު ކުރުމަށް އެހީތެރި ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ދެން ދައުވާ ކުރުމަށް ފުނުވާފައިވާ ހައިޝަމް އަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. މީގެ އިތުރުން މިއީ މި ހަމަލާ ރޭވުމުގެ ބައިވެރި އެއް ކަމަށް ފުލުހުން ހާމަ ކުރެއެވެ.
ހަމަ އެއާއެކު އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިނުމުގެ ބޮޑު ދަުރެއް މއ. ފޭރުގެ މުޖާޒް އަހުމަދު ވަނީ ކޮށްފައެވެ.

މި ހުރިހާ އެންމެނަށް ޖުމްލަ 13 ދައުވާ ވަނީ މިހާތަނަށް ކޮށްފައެވެ. އެއީ އަދުހަމްގެ 4 ދައުވާ އަކާއި، މުޖާޒު އަހުމަދުގެ މައްޗަށް 2 ދައުވާ އެއް ވަނީ އުފުލާފައެވެ. އަދި މީގެ އިތުރުން ތަހުމީނުގެ މައްޗަށް 4 ދައުވާ އަކާއި ހައިޝަމްގެ މައްޗަށް 3 ދައުވާ އެއް ވަނީ އުފުލާފައެވެ.

މި މީހުންގެ މައްޗަށް މީހާރު އުފުލާފައިވާ ދައުވާތައް ސާބިތުު ވެއްޖެ ނަމަ މި އިން ކޮންމެ މީހަކަށް 20 އަހަރާއި 50 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!