ޚަބަރު
ރައީސް ސޯލިހުގެ ޢަމަލާއި ބަހާ ދިމާ ނުވޭ: ކުރީގެ މެމްބަރު ސަޢުދުﷲ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަސްފުޅާއި އެއްގޮތަށް ކަންކަންވެފައިނުވާ ކަމަށާއި، ހަމައެކަނި ތިނަދުއަށް ބަލާލިޔަސް އެކަން ސާފުވަމުން ދާކަމުގައި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ އެމް ޕީ ސަޢުދުﷲ ޙިލްމީ ވިދާޅުވެއެޖެއެވެ.ސަޢުދުﷲ މިހެން ވިދާޅުވެފައިވަނީ އަމިއްލަ ފޭސްބުކް ޕޭޖްގައި ރައީސް ސޯލިހުގެ ވީޑިއޯކޮޅެއް ހިއްސާ ކުތައްވަމުންނެވެ.

“ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ބަސްފުޅާއި އެއްގޮތަށް ކަންކަން ވެފައި ނުވޭ. ހަމައެކަނި ތިނަދޫއަށް ބަލާލިޔަސް ވަޒީފާ ލިބެނީ އެމްޑީޕީ ގެ މީހުންނަށް. އެހެން ބަޔަކަށް ނުލިބޭ. އިއުލާނުވެސް ކޮށްނުލާ ވަޒީފާ ދެނީ އެމްޑީޕީ މީހުންނަށް. ވެރިކަމަށް ގެންނަން މަސައްކަތްކުރި ތިނަދޫ މީހުންވެސް ބާކީކޮށް ސިޔާސީ ވަޒީފާވެސް ދެނީ އެމްޑީޕީ މީހުންނަށް. އަދި ވެރިކަމަށް ގެންނަން ކެމްޕެއިންކޮށް ޕޯޑިއަމް ތަކުގައި ވާހަކަދެއްކި ބައެއް މީހުންވެސް، އެމީހުން ތިބި ވަޒީފާއިން އަނިޔާވެރިކޮށް ވަނީ ވަކިކޮށްފައި” ސަޢުދުﷲ ގެ އެފްބީ ޕޭޖްގައި ލިޔެފައިވެއެވެ.

މި ލިޔުންކޮޅާއެކު ހިއްސާކޮށްފައިވާ ވީޑިއޯގައި ރައީސް ސޯލިހު ވިދާޅުވަނީ، ސަރުކާރުގެ އަދި ކުންފުންޏެއްގެ ވަޒީފާއެއް ލިބެނީ ވަކި ފިކުރެއްގެ، ވަކި ކުލައެއްގެ ވަކި ޕާރޓީއެއްގެ މީހުންނަށް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި، އެވިސްނުން ބަދަލު ކުރާނެ ކަމަށާއި، ވަކި ކުލައެއް ފިކުރެއް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވެއެވެ.

ރައީސް މިފަދައިން ވިދާލުވެފައި ވީނަމަވެސް ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވަޒީފާތަށް ހަމައެކަނި ވަކި ފިކުރަކަށް ބަލައިގެންް ދެމުންގެންދާކަމީ ގިނަ ޢާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުންވެސް ގިނައިން ކުރަމުންގެންދާ ތުހުމަތެކެވެ. އަދި ސަރުކާރާއި ޚިޔާލު ތަފާތުވާ ފަރާތްތައް ވަޒީފާތަކުން ވަކިކުރަމުންގެންދާ ކަމުގެ ތުހުމަތުތައްވެސް އެފަރާތްތަކުގެ ކުރެއެވެ.

RIMS ge mibasfulhaa eggothah kankan vefainuvey. Hamaekani Thinadhoo ah balaaliyas vazeefaa libeni MDP ge meehunnah, ehen…

Posted by Saudulla Hilmy on Wednesday, June 14, 2023

މި ފަހަކަށް އައިސް އެމްޑީޕީ ބައިބައިވެ އުފެދިފައި ޚިޔާލު ތަފާތުވުންތަކާއި ގުޅިގެންވެސް ގިނަ ބަޔަކު ވަޒީފައިން ކުއްލި ކުއްލިއަށް ކަނޑަމުންދާ ކަމީވެސް ފާހަގަ ކޮށްލެވޭ ކަމެކެވެ.

ސަޢުދުﷲ މިފަދައިން ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު، ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ ކޮރަޕްޝަންތަކާ ގުޅޭގޮތުންވެސް ދޭތެރެދޭތެރެއިން ހިންހަމަނުޖެހުން ފާޅުކޮށް ސޯޝަލް މީޑީއާގެ އެކި މަންސަ ތަކުގައި ޚިޔާލު ފާޅުކުރާކަން ފާހަގަވެއެވެ. ހަމަ އެއާއެކު ސަޢުދުﷲ އަކީ މި ސަރުކާރު ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ކުރީގެ ރައީސް ޔާމީން ގެ ސަރުކާރު ބަލިކަށި ކޮށްލުމުގެ މައިގަނޑު ބާރު ކަމަށްވާ، 12 މެމްބަރުންގެ ތެރޭގައިވެސް، އެބޭފުޅާ ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. އެއްމެން

    އައްނި ބަހާއި އަމަލާ ދިމާނުވާތަން ނުފެންނަނީ ލޯއަނދިރިވެ ކަންފަތް ބީރުވީމަ ތޯއްޗެއް.