ޚަބަރު
ތިނަދޫގެ އާބާދީ 55ގެ ޙަރަކާތަކަށް ހޫނު ބަހުސެއް

ގދ ތިނަދޫގައި 2 ވަނަ ފަހަރަށް މީހުން އާބާދުވާން ފެށިތާ 55 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ތިނަދޫ ކައުންސިލުން ނިންމައި އެ ކަމުގެ މަޝްވަރާތައް ފެށިތަނާ ތިނަދޫ މުރާލި ކަނބަލުންގެ ފަރާތުން އެ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ބަހުސެއް މި މަހުގެ 11 ވަނަ ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

ތިނަދޫ “މުރާލި ކަނބަލުން” އިސްނަގައިގެން ކްލަބް ހައުސް މެދުވެރިކޮށް ބާއްވާ މި ބަހުސް ގައި ތިނަދޫ އަށް ނިސްބަތްވާ ވާހަކަ ދެއްކުމުގެ ހުނަރުވެރިން ބައިވެރިވެއެވެ. 2 ޓީމުގެ މެދުގައި މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދާ މި ބަހުސް ގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 6 މީހުން ހިމެނެއެވެ. އަދި އެންމެ މޮޅު ޓީމާއި އެންމެ މޮޅު ހުށަހެޅުންތެރިޔާ ހޮވާނެއެވެ. ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ ރާއްޖޭގެ ފުންނާބުއުސް ބަސްވާރުންނެވެ.

1962 ވަނަ އަހަރު ތިނަދޫ މީހުން ރަށުން ބޭލުމަށް ފަހު 1966 ގެ އޮގަސްޓް 22 ގައި އަލުން އާބާދުވުމަށް ސަރުކާރުން ހުއްދަ ދިންތާ 55 އަހަރު ފުރުން މި އޮގަސްޓް 22 ފާހަގަ ކުރުމަށް ނިންމައި މިހާރު ވަނީ ރަށުގެ ކްލަބް ޖަމްޢިއްޔާތަކާ މަޝްވަރާ ކޮށްފައެވެ. އަދި ރަށުގެ ހުރިހާ އޮފީސް ތަކާ އެކު އިތުރު މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ތިނަދޫ ކައުންސިލުން އަންނީ ތައްޔާރު ވަމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!