އައިޖީއެމްއެޗް ކައިރީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސެންޓަރުގެ އޭޓީއެމް މެޝިނެއް ފަޅާލައިފިއެވެ.
މިކަން ހާމަކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބީއެމްއެލްގެ އޭޓީއެމް މެޝިންތަކުގެ ތެރެއިން 1 މެޝިނަށް ގެއްލުންދީފައިވާ މައްސަލަ ރޭ ފަތިހު 05:11 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިއާއިއެކު ފުލުހުންބުނީ އެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ބީއެމްއެލް އިންވެސް އަދި ހާމަކޮށްފައެއްނުވެއެވެ.
އައިޖީއެމްއެޗްގެ އޯޕީޑީ ފަޅީގައި ބީއެމްއެލްގެ ތިން އޭޓީއެމް މެޝިން ބަހައްޓާފައި ހުންނައިރު 3 މެޝިންގެ ތެރެއިން ގެއްލުން ދީފައިވަނީ މެދުގައި ހުރި އޭޓީއެމްއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

