ކޮލަމް
ހުވަދު އަތޮޅުގެ ކުރީގެ ސަޤާފަތާއި އާދަކާދަ 2

ހުވަދު އަތޮޅަކީ ބުރަމަސައްކަތްކޮށް ފުދުންތެރި ރައްޔިތުންތަކެއް ޒަމާނުއްސުރެ ދިރިއުޅެމުން އައިސްފައިވާ އަތޮޅެކެވެ. ހުވަދު އަތޮޅުގެ ރައްޔިތުން ބުރަކޮށް އުޅެމުންވެސް ގޯތި ގެދޮރުގެ ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއްދީގެން ސާފުތާހިރު ދިރިއުޅުމެއް އުޅުނު ބައެއްގެ ގޮތުގައި ފާހަގަވެގެން ދެއެވެ.

ގޯތިގެދޮރުގެ ސާފުތާހިރުކަން

ކުރީ ޒަމާނުގެ ހުވަދު އަތޮޅުގެ އަންހެނުންނަކީ ހީވާގި މުރާލި ބަޔެކެވެ. ގޯތިގެދޮރު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތަކީ ގޭގައި ދިރިއުޅޭ އަންހެނުންނެވެ. ނަމަވެސް ސާފުކުރުމުގައި އަންހެންވެރިންނަށް ކުރުމަށް ދަތި އުދަނގޫ ކަންކަމުގައި ފިރިހެނުން އެހީތެރިވެދެއެވެ. ގެއާއި ގޯތިތެރެ ދުވާލަކު ދެފަހަރު ކުނިކަހައި އަންހެންވެރިން ސާފުކުރެއެވެ.

އެންމެންގެ ދުވާލުގެ ޝެޑިއުލް ފެށިގެންދަނީ ފަތިސް ނަމާދުންނެވެ. އަންހެންވެރިން ފަތިހު ދެތުވެ ނަމާދުކޮށް އަވަދިވެގެން ފުރަތަމަ ދާނީ އަތިރިމައްޗަށެވެ. އަތިރިމައްޗަށްދާއިރު މުޅޯއްޓެއް ނުވަތަ ވަށިގަނޑެއް ހުރިހާ އަންހެންވެރިންވެސް ގެންދާނެވެ. އަދި ނިމިގެން ގެއަށް އަންނައިރު، ގެންދިޔަ މުޅޯށި ނުވަތަ ވަށިގަނޑު ފުރެންދެން ކަށިވެލި ގެންނާނެއެވެ. އަދި ގިނަފަހަރު އަނބުރާ ގެއަށް ދާއިރު، ދަތްއުނގުޅަން ވަކިން ލޮނުދޮންވެލި ވެސް ގެންދެއެވެ. ގިނަ މީހުން ދަތް އުނގުޅައި ހަދަނީ އަތިރިމައްޗަށް ގޮސް، ރާޅުޖަހާ ހިސާބުގައި ހުންނަ ހިމުން ދޮންވެލި ނަގައި އެދޮންވެލިންނެވެ. މިގޮތުން ދަތް އުނގުޅައި ނިމިގެން އަނގަ ދޮވެ އަނގައިގައި ހުންނަ ވެލިތައް ސާފުކޮށް ކޯ ދޮންނަނީ މޫދަށް އެރި މޫދު ލޮނުންނެވެ.

ބައެއް މީހުން ގޭދޮށަށް އައިސް ވެސް ދަތް އުނގުޅައެވެ. ދަތް  އުނގުޅަން އަމަލުކުރާ ގޮތަކީ، ކަނާތުގެ ޝަހާދަތް އިނގިލީގައި ވެލި ހާކައި، އިނގިލީންނެވެ. އަދި ބައެއް މީހުން ދަތް އުނގުޅަމުންވެސް ގެއަށް އާދެއެވެ. ދަތް އުނގުޅާއިރު، އިލޮށިގަނޑަކުން ދަތްތައް ރަނގަޅަށް ސާފުކުރެ އެވެ. އަންހެންވެރީން ގެއަށް އައިސް ގޭގެ ކުރިމަތީގެ މަގުމައްޗާއި، ގޯތިތެރެ ކުނިކަހައި ސާފުކުރެއެވެ. މަގުމަތީގައި އަދި ގޭ ދޮރުމަތީގައި ފަޅާފައި ހުންނަ ކުދި ގަސްތައް ނުވަތަ ވިނަތައް ނޮޅައި، މަށަން ދަތި އަޅައި، ބިންގަނޑު އެއްވަރުކޮށް ހަދާނެއެވެ. ހެނދުނު ގޭ މީހުން ނިދާ ހޭލުމުން، ދެން ފަށަނީ، އަށި، އެނދުތަކުގެ ތަންމަތި ފޮޅައި، ސާފުކޮށް ތަންމަތި އަވީލާށެވެ. މަދުވެގެން ހަފުތާއަކު ދެފަހަރު އެތަކެތި އަވީލާނެއެވެ. ކުނިކަހައި އެއްތަނަކަށް ކުނި ޖަމާކޮށް މުޅޯއްޓަކަށް ނުވަތަ ވަށިގަނޑަކަށް އަޅައި ހެނދުނު ނުވަތަ ހަވީރު ގެންގޮސް ކުނި އުކާލަނީ އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށަށެވެ. ބައެއް މީހުން ހަވީރުވެސް ކުނިކަހައެވެ. ކުނިކަހަން ބޭނުންކުރަނީ، އިލޮށިފައްޗާއި، މަށަން ދައްޗެވެ. އެތަކެއްޗަކީވެސް އަމިއްލައަށް އެމީހުން ތައްޔާރުކުރާ ތަކެއްޗެވެ. އިލޮށި މަށައި އިލޮށިފަތި ތައްޔާރުކުރަނީ އަންހެނުންނާއި، އަންހެން ފިރިހެން ކުދީންނެވެ. މަށަންދަތި ހަދަނީ ފިރިހެނުންނެވެ. އަގު ދިނުމުން އެކަން ކުރާ މީހުން ވެސް ތިބެއެވެ. ގެއާއި، ބަދިގޭގައި ބޭނުންކުރާ ގެވެހި ކަންވާރުތަކާއި، ތަކެތި ދޭތެރެ ދޭތެރެއިން ދޮވެ ސާފުކުރެއެވެ. ބައެއް މީހުން ތެލިތަށި، ސަމްސާ ދޮންނަން ގެންދަނީ އަތިރިމައްޗަށެވެ. ދޮންވެލި ލައިގެންނާއި، ލުއި ގާ އުނގުޅައިގެން ތެލީގެ ދެފުށް އުނގުޅައި ސާފުކުރަނީ އަތިރިމަތީގައެވެ.

ރަށުތެރެއާއި ވެށި ސާފުކުރުން

ރަށުތެރޭގައި އޮންނަ (މީހުން ދިރިނޫޅޭ) ހުސްކޮށްއޮންނަ ސަރަހައްދާއި، ދިރިއުޅޭ އަވަށުގެ ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކުރަނީ އަންހެނުންނާއި ފިރިހެނުނެވެ. މަދުވެގެން ހަފުތާއަކު އެއްދުވަހު (ޢާއްމުކޮށް ބުރާސްފަތި ދުވަހު) ކުނިކަހާ ސާފުކުރެއެވެ. މަގުތަކުގެ ޖަންގައްޔާވީ ހިސާބުގަނޑުގެ ވިނަ ނޮޅައި، ވިނަ ކޮށައި، ގަސްގަހުގެ އޮފިތައް ކަނޑައި، ސާފުރަނީ ފިރހެނުންނެވެ. ޢާއްމުގޮތެއްގައި މަހަކު އެއްދުވަހު އެ މަސައްކަތް ކުރެ އެވެ. އެކަމަށް ޚާއްޞަ ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރު ދުވަހަކީ، ބޮޑެތި ފިރިހެނުން ރަށުގައިތިބޭ ދުވަސްކަމަށްވާތީ، ހިނގާބިނގާވެއުޅޭ މަގުތަކާއި، ޤަބްރުސްތާނުގެ ވިނަނޮޅާއި، ގަސްތައް ކަނޑައި ސާފުކޮށް ހަދަނީ ފިރިހެނުންނެވެ.

އަންނައުނު ދޮވެ ސާފުކުރާގޮތް

އަންނައުނު ދޮންނަނީ އަތިރިމައްޗަށް ގެންގޮސްގެން މޫދުންނެވެ. ފިރިހެނުން އަންނަ މުންޑު ނުވަތަ ފޮތިގަނޑު ދޮންނަނީވެސް މޫދުންނެވެ. މޫދުން ދޮވެގެން ފެނުން ފެންލައިގެން އަވީގައި އަޅައި ހިއްކައެވެ. ހިއްކަން އަޅާއިރު ވާންކޮށް ދަމާފައި ވެސް ބަހައްޓަ އެވެ. މިގޮތަށް ހެދުމުގެ ބޭނުކަމީ، ރޫނުޖެހި ހިއްކުމެވެ. ބައެއް ފިރިހެނުން މޫދުން ފެންވެރުމަށްފަހު މިސްކިތު ވަޅުން ފެންވަރައިގެން މުންޑު އަވީގައި ހިކެންދެން ބާއްވައެވެ. އެގޮތަށް ހަދަނީ ބައެއް މީހުންގެ އަތުގައި އެންމެ މުންޑެއް އޮންނާތީ އެވެ.

ބޯފޮތިތަކާއި، މަދިރިގެ ދޮންނަނީ، މޫދުގައި އަޅައިގެން ހަފުތާއެއްހާ ދުވަހު ބޭއްވުމަށްފަހު އެވެ. މިފަދަތަކެތި ދޮވުމަށް ހަދާ ގޮތަކީ، ފަލަ ރޯނުގަނޑެއްގައި އައްސައި އޮޔާ ނުދާ ގޮތަށް މޫދުގައި ދެތިން ދުވަހު ބޭއްވުމަށްފަހު، ދޮންވެލި ގަނޑުގައި ތަޅައި ދާފިލުވުމަށްފަހު ސާފު ފެނުން ފެންލައި އަވީލައި ހިއްކަނީއެވެ. އަދި އަހަރަކު އެއްފަހަރު މަދިރިގެއާއި އެނދުތަކާއި، އަށިތަކާއި، ގޮނޑިމޭޒުފަދަ ތަކެތި ދޮވެ ސާފުކުރެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!