ޚަބަރު
އެފަދަ ދެވަނައެއް ނުވާ ސާފު ހެކިތައް

މިދުވަސްވަރު އެންމެ ބާރަށް ދެކެވެމުންދާ އެއް ވާހަކައެވެ. ކަނޑު އަޑިއަށް ދިޔަ އުޅަނދެއް ގެއްލުނީ އެވެ. ވީގޮތެއް ނޭނގެއެވެ. ގޮވީއެވެ. ނޫނެކެވެ. ޗިސްޗިސް ވީއެވެ. އުޅަނދުގެ އެކި އެތިއެތިކޮޅު ފެންނަން އެބަހުރި ކަމަށް އެއުޅަނދުގައި ތިބި އިންސާނުން ސަލާމަތް ކުރަން މަސައްކަތް ކުރި ތަޖުރިބާކާރުން ބުނެއެވެ. އެހެނަސް އޭގައި ދަތުރު ކުރި 5 މީހުންގެ ހިލަމެއްވެސް މިހާތަނަށް ވެފައެއް ނުވެއެވެ. އަދި އެފަރާތްތައް ދުނިޔޭއިން ނެތިގެން ދިޔައީ ކަމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

މިއީ 4000 މީޓަރުގެ އަޑިއަށް ދިއުމަށްޓަކައި އުފައްދާފައިވާ މިއުޅަނދުގެ ފުރަތަމަ ދަތުރެއްވެސް ނޫނެވެ. މީގެ ކުރިން ވެސް އެއުޅަނދުން ދެފަހަރެއްގެ މަތިން ކާމިޔާބު ދެދަތުރެއް ވަނީ ކޮށްފައެވެ. އެހެނަސް އުޅަނދަށް އެ ދިމާވި ކަމެއް ދިމާވެ 5 މީހެއްގެ ފުރާނަ ގެއްލިގެން ދިޔަ ފަހުން، މިހާރު އެންމެންހެން ދައްކަނީ “ޓައިޓަން” ގެ ނަމުން ނަންދެވިފައިވާ މި އުޅނަދުގައި ކަނޑުގެ އަޑިއަށް ނުދާންވީ އެތައް ސަބަބެއް ހުރި ކަމުގެ ވާހަކަތަކެވެ.

އަޅުގަނޑު ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. އެހެނަސް، ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުންނާއި، ކަލަކު ވޮޑިގެންވާ ނަމަވެސް އެފަރާތަށް ގޮންޖަހާލެވޭނެ ކަމަށް ދެކޭ ފަރާތްތަކަށް “ނުފެންނަ” ސާފު ހެކިތަކެއްގެ ވާހަކައެވެ. އަނދިރިވެފައި ވަނީ އެފަދަ ފަރާތްތަކުގެ ލޮލެއް ނޫނެވެ. އެފަރާތްތަކުގެ ހިތްތަކެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މިކަން ސާފުކޮށް ބަޔާން ކުރައްވާފައެވެ.

ފުރަތަމަ ކަމަކީ:

“ޓައިޓޭނިކް” މި ނަމަކީ ވެސް ކިބުރުވެރި ކަމުން ފުރިގެންވާ ނަމެކެވެ. އޮކްސްފޯރޑް ޑިކްޝަނަރީގައި ވެއެވެ. “އެއީ އާދަޔާޚިލާފަށް ބާރުގަދަ، ނުވަތަ ސައިޒުން ބޮޑު” އެއްޗެކެވެ. 1912 ވަނަ އަހަރު އެޓްލާންޓިކް ކަނޑު ހުރަސްކޮށް ދަތުރު ކުރަން އުފެއްދި މި އުޅަނދަށް އެނަމުން ނަންދިނުމުން ވެސް ސުވާލުތަކެއް އުފެދުނެވެ. އުޅަނދު ބަތް މާވަޑިޔާ އާއި ސުވާލު ކުރެވުނެވެ. މިއުޅަނދުގެ ބާރާއި ބެހޭގޮތުން ބުނާނީ ކީކޭހެއްޔެވެ؟ “ކަލާނގެ އަށް ވެސް މިއުޅަނދު ބިންދާ ނުލެވޭނެ” ކަމަށް އޭނާ ބުންޏެވެ. އެހެނަސް ވީ ކިހިނެއްތޯއެވެ. އެއުޅަނދު ބިނދުނީ ގަނޑުފެންގަނޑެއްގައި ޖެހިގެންނެވެ.

ދެވަނަ ކަމަކީ:

ދެން އެ އުފެއްދީ “ޓައިޓަން” އެވެ. މާނައަކީ: “އާދަޔާއި ޚިލާފަށް ބާރުގަދަ ނުވަތަ ބޮޑު މީހާ، ނުވަތަ އެތި” މިއެވެ. ފެތިފައިވާ ޓައިޓޭނިކްގެ ކައިރިއަށް މީގެ ކުރިން ކާމިޔާބު ދެދަތުރެއް ކުރެވުމުން އެފަރާތްތަކުގެ ޔަޤީންކަން އިތުރުވެފައިވީ އާދަޔާއި ޚިލާފަށެވެ. އެފަރާތްކަށްތަ ނުލިބި އޮތް ހަމަ އެކަނި މެސެޖަކީ، އުޑުތަކާއި ބިން ހެއްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ގޮންޖަހާލައި އުފެއްދި ޓައިޓޭނިކް ބިނދުނީ ގަނޑުފެން ގަނޑެއްގައި ޖެހިގެން ކަމެވެ. އަދި އަނެއްކާވެސް އެނަމާއި ގުޅުވައި، އެފަދަ ކިބުރުވެރިކަން ދޭހަވާފަދަ ނަމެއް ދީފައިވާ އުޅަނދާއިގެން މިދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަޚުލޫޤެއް ކަމަށްވާ ކަނޑުގެ އަޑިއަށް ކަމެވެ.

ތިންވަނަ ކަމަކީ:

ކަނޑުގެ އެހާ އަޑީގައި ދިރޭ ތަކެއްޗަށް ނޫޅެވެނީކީ ވެސް ނޫނެވެ. ވެނުގެ ޢާއިލާއަށް ނިސްބަތްވާ “aphyonidae” (އެފިއޮނިޑް) ނުވަތަ  “ގޯސްޓް ފިޝް” އަކީ 10 ސެންޓިމީޓަރަށް ބޮޑުވާ، މާކަނޑުގެ 6000 މީޓަރު އަޑީގައި ކައިބޮއި، ދިރިއުޅޭ މަހެކެވެ. އާދަޔާއި ޚިލާފު ގޮތަކަށް ފެންނަ މި މަހަށް އެފަދަ ކުޅަދާނަކަމެއް ދެއްވީ، ހުރިހާ އެއްޗެއްގެ ވެރި ރައްބު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެއިލާހުގެ އުފެއްދެވުމުގެ ފުރިހަމަ ކަމާއެވެ!

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓައިޓަން އުފައްދާ، ކަނޑުއަޑިއަށް ފޮނުވުމަށްފަހު ރައްކާތެރިކަމާއި އެކު މައްޗަށް އަނބުރައި ގެނެވޭނެ ކުޅަދާނަކަން އިންސާނުންނަށް ދެއްވީވެސް ހަމަ އެފަރާތުންނެވެ. މި އުޅަނދު ހަލާކުވެފައި ވަނީ ކަނޑުގެ 3000 މީޓަރު އަޑީގެ ޕްރެޝަރަށް ކެތް ނުކުރެވިގެންނެވެ. އެއީވެސް އެކަލާންގެ މިންވަރު ފުޅު ކުރެއްވި ގޮތެވެ. އިންސާނުންގެ ނިކަމެތި ކަމާއެވެ!

ހުރިހާ އުނި ސިފަތަކުން ހުސްޠާހިރުވެ ވޮޑިގެންވާ، އެންމެ ބާރުގަދަ، އެންމެ ކުޅަދުންވަންތަ ﷲ އީ ހުރިހާ ތަކެއްޗެއް އުފެއްދެވި ފަރާތެވެ. އެތަކެތި ބަލަހައްޓަވަނީ އެފަރާތުންނެވެ. އެތަކެތި ގެންގުޅުއްވަނީ އެފަރާތުންނެވެ. އައު ޓެކްނޮލޮޖީގެ މިޒަމާނުގައި ކުރިއަރައިގެން ދިއުމަށް އިންސާނުންނަށް މަގު ދެއްކެވީ އެއިލާހެވެ. އެކަމުގެ ވިސްނުމާއި ބާރުވެރިކަން ދެއްވީ އެއިލާހެވެ. އެކަން ޤަބޫލުކޮށް އެއިލާހުގެ ނިޢުމަތްތަކަށް ޝުކުރުވެރި ވާށެވެ. ކުފުރުވެރި ނުވާށެވެ. ނަމަނަމަ، ގޮން ނުޖަހާށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ކަލޯހުތެ

    ޓައިޓަން ޗިސްޗިސްވީއެއް ނޫނެވެ. ފުނޑުފުނޑުވީއެވެ. ކުދިކުދިވީއެވެ.

  2. ާަްކަލޯހުތު ގެ ބައްޕަ

    ފުރަތަމަ ކަމަކަށް ދިވެހިބަސް ދަސް ކުރަން ކަލޯހުތަަަައް ނަސޭހަތްތެރިވަން. ދެވަނަ ކަމަކަށް މި ލިޔުނު ބޭފުޅާ އެލިޔުމުގައި (ޗިސްޗިސްވިއޭ ) ލިޔެފަ އޮތުމުން އެތަނުގައި އެ ބުނަން ބޭނުންވި ވާހަކަ އެއޮތީ އެންމެ ފުތިހަމަޔަށް ބުނެދެވިފައެވެ. ކަލޯހުތު ތި ބުނި ދެ ބަހުން ވެސް ދޭހަވަނީ ހަމަ އެއްމާނައެއްކަން ހަދާންކޮއްދެން.

  3. ާއާމިނަތު ދޮންމަނިކް

    އާދެ ވަރަށް ހިތްހަމަޖެހޭ ތެދު ޙަޤީގަތް ތަކެއް އެހާމެ ފުުރިހަމަ ވާހަކަ ކޮޅު ތަކެއް ގެނަސް ދެއްވައިފި جزاك الله خيرا “ޔާﷲ މަރިޔަމް ދޮންމަނިކަށް علم އިތުރު ކޮށްދެއްވާށި” آمين