ޚަބަރު
އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމުގެ ދުވަހަކަށް ޢީދު ދުވަސް ހައްދަވާ!

ޙައްޖާއި ޢީދު ޝަރުޢު ކުރެއްވީ މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، އެކެއްގެ ކެކުޅުންތައް އަނެކަކު ބަރުދާސްތުކޮށް, އެންމެން އެކަތިގަނޑަކަށް ވުމަށްޓަކާ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފިއެވެ.

ޢީދު ދުވަސްތައް އުފާވެރި ބާއްޖަވެރި އަދި އެކަކު އަނެކަކަށް ހިތްހެޔޮކުރުމުގެ ދުވަސްތަކަކަށް ހެދުމަށާއި، އެއްބަޔަކު އަނެއް ބަޔަކާ އަތާއިއަތް ޖޯޑުކޮށް, ސަލާންގަލާން ކުރާ ދުވަހަކަށް ހެދުމަށް ވެސް މިއަދުގެ ޚުޠުބާގައި ގޮވާލާފައި ވެއެވެ. އޭގެ އިތުރުން އެކަކު އަނެކަކަށް އަޅާލައި ހެޔޮކަންތައްތަކާއި ތަގުވާވެރިކަމުގައި އެއްބާރުލުން ދިނުމަށާއި ރަހިމުގެ ގުޅުން ދަމަހައްޓައި ޔަތީމުންނަށް ރަޙުމް ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

އިސްލާމީ، ޢީދަކީ އެމުނާސަބަތުގެ ސަބަބުން އެކަނިވެރިޔާއަށް އޭނާގެ އާއިލާގެ މަތިން ހަނދުމަވެ، ފަގީރުމީހާއަށް އޭނާގެ މުހުތާދުތަކުގެ މަތިން ހަނދުމަވެ, ބީރަށްޓެހިމީހާއަށް އޭނާގެ ރަށްޓެހީންގެ މަތިން ހަނދުމަވެ, ބިދޭސީ މީހާއަށް އޭނާގެ ގައުމުގެ މަތިން ހަނދުމަވެ, ޔަތީމުކުއްޖާއަށް އޭނާގެ މައިންބަފައިންގެ މަތިން ހަނދުމަކޮށްދޭ ދުވަހެކެވެ.

އަދި މިއަދަކީ، އެ ހުރިހާ އެންމެންނަށް الله ސުބުޙާނަހޫ ވަތަޢާލާގެ ހަނދުމަވާންވީ ދުވަސް ކަމަށާއި، އެކަލާނގެއީ ހުރިހާ ބާރުތަކަކަށް ވުރެ ގަދަފަދަ އަޒީޒުވަންތަ ރަސްކަލާނގެކަން ހަނދުމަ ކޮށްދެމުން، އިސްލާމް ދީނުގައި އީދު ފާހަގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫން ކަމަށާއި އެއީ الله ގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއްވެސް ނޫން ކަމަށް ވާއިރު، އިސްލާމީ ޢީދުތަކަކީ الله ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަކަށް ކިޔަމަންގަތުމާ ވިދިގެން އަންނަ ދުވަސްތަކެއް ކަމަށާއި އެގޮތުން އަޟްހާ އީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާއި ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

އުޞުޙިޔާ ކަތިލުން އެޙާދިޘާ އަކާއި ގުޅިފައިވާ، ޒަބަޙައިގެ ޚާއްޞަ ޙާދިޘާގައި، އިސްމާއިލުގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެކެވެ. ދަރީން މައިންބަފައިންނަށް ކިޔަމަން ގަންނަންޖެހޭ މިންވަރުގެ ދިރިހުރި މިސާލެކެވެ. އަހަރެމެން އުޟްހިޔާ ކަތިލާ ހިނދު, އަހަރެމެންގެ ހަނދާނަށް ގެނެސްދެނީ އެ މަތިވެރި ޒިކުރާތަކެވެ.

މިއަދުގެ ޚުޠުބާ ނިންމާލާފައި ވަނީ، އީދުދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށް ވާހިނދު، އެ އުފާ ފާޅުކުރަން ވާނީ الله ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަން ހަނދާން ކޮށްދެމުންނެވެ. އަދި ކުޅިވަރު ކުޅުމާއި އުފާކުރުމާއި ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެއް ކަމަށާއި އަހަރެމެން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދުފާހަގަކުރާ ގޮތް ކޮޕީ ކޮށްގެން ނޫން ކަން ވެސް ހަނދާން ކޮށްދެމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!