50 ބަނގުރާފުޅިއާއިއެކު އައްޑޫ ސިޓީ ހިތަދޫއިން ހައްޔަރު ކުރި މީހަކު، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފިއެވެ.
އެ ރަށު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންއެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވަނީ، ހިތަދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ކޯޓުން އޭނާ ދޫކޮށްލީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.
ފުލުހުން ބުނި ގޮތުގައި ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އެ އޮޕަރޭޝަންތަކަކީ އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށާއި ބަނގުރަލުގެ މައްސަލަތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއްކަމަށެވެ.

