ޚަބަރު
ހިލޭ ގޯތި ބަހާތީ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތައް ފަށައިފި

ސަރުކާރުން ފައްޓާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަޙައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތަކެއް ފަށައިފިއެވެ.

މިމަޝްވަރާތައް ފަށާފައި ވަނީ ގެދޮރުގެ މައްސަލަތަކާއި ހިޔާ ފްލެޓްތަކުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކޮށް އެފަދަ އެތައް ހަރަކާތްތަކެއް ހިންގި ދަ ކޮމަނާސް (ކޮތަރު ކޮށި) ޖަމިއްޔާ އިންނެވެ.

ދަ ކޮމަނާސް އިން ބުނީ މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް މިއަދު ހަވީރު ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށްދިޔަ ކަމަށެވެ. މިއަދުގެ މަޝްވަރާތަކުގައި ބައިވެރިވީ ހިޔާ އެޗް-4 ގައި ދިރިއުޅޭ ފަރާތްތަކުންނެވެ.

ދަ ކޮމަނާސް އިން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން އެޖަމިއްޔާގެ ނިންމުން ހުރިހާ ފަރާތްތަކަކާއިއެކު މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ދައިތަ

    މީހުން ލައްވާ ނަފްރަތު އުފެދޭ ގޮތަށް ކަންތައްކުރުވަން އުޅޭ މީހުން އެބަޖެހޭ ހައްޔަރު ކުރަން

  2. ކައިދާ

    ކަލޭމެން ތިޔައީ ވަރަށްނުބައި ބަޔެއް ބޯގަޅި ތަކަކަށް ނޭނގޭތަ ތިޔައީ ލޯނު ނަގައިގެން ހަދާފަ ހުރި ތަނެއް ކަމެއް. ލޯނު ދައްކަން ޖެހޭނެ ކަމެއް ހުރިހާ މޮޅެއް ބަނޑުދަށުލާން ތި އުޅެނީ. ތިޔަހެން ތެޅެން ހަދައިގެން ލަންކާއަށް ވީހެން ވެދާނެ ދެން އެމީހުން ހެދިހެން ނުކުމެ ގައުމު ސުންނާފަތިކުރޭ

  3. ރައްޔިތު

    ރަގަޅުވާހަކައެއްް ފުލެޓައްދަނީީ ވަރައްް އާދައިގެެ ނިކަމެތިި ދަރީންް އެމީހުންގެެ އަތުންް ބޮޑުު ފީތައްނަގާާ އެތަންތަނައްް ފައިސާނަގާހެދީމާާ ކަޑަ

  4. ފުޅެޓް

    ފުލެޓްވެއްޖެެ މިފުލެޓައްފައިސާދައްކާދައްކާާ އަދިވެސްް އޮތީކުރިއައްް ފައިސާތައްް ދެއްކުންް ފުލެޓްލިބެނީީ ވަރައްް ހަރކަށިި ގަވައިދަކުންް އެކަމަކުު މާލެެ ސަރަހައްދުންގޯތިި ބަހަނީި ގާތްކުދިންނާާ ރައްޓެހިންނާް އާއިލާމީހުންނައްް އެކަނިި ގޯތީގެެ އަގުވަރައްބޮޑުތަނުންބޮޑުވެފަަ ފުލެޓްް އެޅުމައްކުރާންޖެހޭޭ ހަރަދުނިސްބަތުންް ވަރައްބޮޑުތަނުންް ކުޑަކޮއްއޮތްއިރުގަަ ގާތްމީހުންނައްް ހިލޭޭ ގޯތިހޭދީފާާ ނިކަމެތިރައްޔިތުމީހާގެެ އަތުންް އަމިއްލަކުންފުނިތަކުންވިއްކާއުސޫލުންް ފުލެޠްވިއްކީމާާ އޭގެންް އެގިހާމަވަނީީ ރައްޔިތުންނައްް ބޭނުންއެއްޗެއްް ހަދާލާފަަ ތިމަންނަމެންގެެ ހިތްތައްް ފުރާލާފަައޭތިމަންނަމެންް މިބާރުވެރިކަމުންދާނީީ ރައްޔިތެކާރައްޔިތެކޭޭ ތިމަންނާމެންް އުފަލުގަަ ދުނިޔޭގެެ އުނުރުހޭދަކުރާވަރައްް މިގައުމުންފައިދާނަގާނަމޭޭ އަދިވެސްް ތިމަންނަމެނައްވޯޓްް ދޭންޖެހޭނޭޭ އެއީރައްޔިތުންް ފަގީރުކޮއްލީމާާ އެއްޗެއްދިއްކޮއްލާއިރައްް ކުރީގެެ ކަންތައްް ހަދާންނެތޭނެޔޭޭ މީމިމީހުންގެެ ގޮތަކީީ