ޚަބަރު
އިސްރާއީލުގެ މިސައިލްތަކެއް ހުއްޓުވައިފިން – ސީރިޔާ

ސީރިޔާގެ މެދުތެރެއަށް އަމާޒުވި އިސްރާއީލުގެ މިސައިލްތަކެއް އެޤައުމުގެ އެއަރ ޑިފެންސް އިން ހުއްޓުވައިފި ކަމަށް ސީރިޔާގެ ޤައުމީ މީޑިއާ އިން ބުނެފިއެވެ.

ބައެއް މިސައިލްތައް ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މަތިން ދަތުރުކޮށް ގޮސް ސީރިޔާގެ ޙިމްސް ސަޙަރުގެ ބައެއް ސަރަޙައްދު ތަކަށް އަރާފައި ވާކަމަށް ވެސް، މިކަން ހާމަކޮށް އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

އެހެނަސް އިސްރާއީލުގެ ގިނަ މިސައިލްތައް އެފަރާތުން ވަނީ ހުއްޓުވާފައި ކަމަށާއި، މަންޒިލަށް ވާސިލްވެވުނު މިސައިލްތަކުގެ ސަބަބުން ބައެއް ތަންތަނަށް ގެއްލުން ވިޔަސް އެެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

ސީރިޔާ އިން މިކަން ހާމަކުރުމުގެ އިރުކޮޅެއް ކުރިން އިސްރާއީލުންވެސް ވަނީ، އެފަރާތުގެ އަސްކަރިއްޔާއިން ސީރިޔާ އަށް މިސައިލް ޙަމަލާތަކެއް ދިން ކަމަށާއި، ބަދަލުގައި އެޤައުމަށް ސީރިއާގެ މިސައިލްތަކެއް އަމާޒުވި ކަމަށް ބުނެފައެވެ.

ބައެއް މިސައިލްތައް ވައިގެ ތެރޭގައި ގޮށްވާލި ނަމަވެސް އަނެއް ބައެއް މިސައިލްތައް ވަނީ އޭގެ އަމާޒާސް ވާސިލްވެފައި ކަމަށް އެފަރާތުން ވެސް ވަނީ ބުނެފައެވެ. އަދި މިޙަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް، މިކަން ހާމަކުރަމުން އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

މި ދެ ޙާދިސާވެސް އެފަރާތަށް އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.

ލުބްނާނުގެ ޙިޒްބުﷲ އަށާއި ސީރިޔާ ސަރުކާރަށް އީރާނުން ހަތިޔާރު ފޮނުވާކަމަށް ތުހުމަތުކޮށް އިސްރާއީލުން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ސީރިޔާގެ އެއާޕޯޓުތަކަށް ދޭހަމަލާތައް އިތުރުކޮށްފައެވެ.

2011 ވަނަ އަހަރު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ އީރާނުން އެޤައުމަށް އަސްކަރީ އެހީތައް ދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!