ޚަބަރު
މި ސަރުކާރުގެ ވެރިކަމުގެ 5 އަހަރުތެރޭ ފިޔޯރީއަށް އެއްވެސް ކަމެއްކޮށްދީފައެއް ނުވޭ: ކައުންސިލް ރައީސް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެގެން ދިޔައިރު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސަރުކާރުގެ ފަރާތްތަކުން ދުރުވެ އިއްވަމުން ދިޔައީ ރިޔާސީ އިންތިހާބުން ހޮވިއްޖެ ނަމަ ރަށަށް ކޮށްދޭނެ ކަންތަކުގެ ވާހަކަތައް ކަމަށާއި، ނަމަވެސް، ކެންޕެއިންގައި ފިޔޯރީ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޢުދުވެ ވަޑާއިގެންނެވި ކަންތަކުގެ %1 ވެސް ފުއްދާ ނުދޭ ކަމަށް ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވެއްޖެއެވެ.

ހުވަދޫ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފައިޒަރު ވިދާޅުވީ، ދެވަނަ ދައުރަކަށް ފިޔޯރީ ރައްޔިތުން ގާތަށް ވޯޓު ހޯދުމަށް މި ސަރުކާރުން އަންނަ ތައްޔާރުވެފައިވާއިރު، ވެފައިވާ އެއްވެސް ވަޢުދެއް ފުއްދިފައި ނުވާކަމަށެވެ. އެގޮތުން ވީ ވަޢުދުތަކުގެ ތެރޭގައި، ފިޔޯރީ ނެރާއި ބަދަރު ބޮޑު ކުރުން، ފިޔޯރީ ގިރާ ސަރަހައްދު ހިމާޔަތްކުރުން،  ފިޔޯރީ އައިސްޕްލާންޓް ބޮޑު ކުރުން، ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން  ދާދި ފަހުން ފިޔޯރީ ސްކޫލުގެ 4 ކްލާސްރޫމް ހިންގި ހޯލު އަދާ އަޅިއަށް ވެގެން ދިޔައިރުވެސް ސަރުކާރުން އެކަމަށް ފަރުވާލެއް ދީފައި ނުވާ ކަމަށްވެސް ފައިޒަރު ވިދާޅުވިއެވެ. އެގޮތުން އެ ކްލާސްރޫމްތައް އަދައިން ދިޔުމުގެ ސަބަބުން ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ހިންގާނެ ތަނެއް ނެތް އިރު އެކަމަށް ހައްލެއް ނުގެނެވި، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާތީ ފައިޒަރުވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާއަށް ބަލާއިރުވެސް އަތޮޅުގެ އެންމެ ހާލުދެރަ އެމްބިއުލާންސް އެއް އޮތް ރަށަކީ ފިޔޯރީ ކަމަށާއި މިހާރުވެސް އެމްބިއުލާންސްގެ އޭސީ ވަނީ ހަލާކުވެފައިކަމަށް ފައިޒަރު ވިދާޅުވިއެވެ.

 “އަތޮޅުގަ އޮތް އެއްމެ ހާލުދެރަ އެންބިއުލާސް ގެންގުޅޭ ރަށް މީ .. މިހާރުވެސް އޭސީ ހަލާކުވެފަ އެންމެ ކުރީ ޒަމާނުގެ ވެހިކަލެއް ދެ ދުވަހުން އެއްދުވަހު ގުރައުންޑްވެފަ..”

ވެރިކަމުގެ 5 އަހަރު ހޭދަވެގެން މި ދައުރު ނިމެން މިހާރު 60 ވަރަކަށް ދުވަހަށް ވެފައިވާއިރު މިއިން އެއްވެސް ކަމެއްގައި ކުޑަމިނުން “ރޮނގެއްހާ” މިންވަރުވެސް އެޅިފައި ނުވާކަމަށް ފައިޒަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފައިޒަރު ވިދާޅުވި، ރައްޔިތުންގެ އާދޭސްތަކަށް ބީރު ކަންފަތެއްދީ ދެވަނަ ދައުރެއްދޭން ރަށަށް އަރާ މިފަހަރު ކިޔާނެ ރައިވަރާ ފަރިއްސަށް ރައްޔިތުން ހެއްލިގެންނުދާނެ ކަމަށެވެ. އަދި ރަށެއް ކުރިއަރާ ދާނީ އެތަނެއްގެ ދިރިއުޅޭ ރައްޔިތުން ކެރިގެން ސާބިތުކަމާއެކު އެ ރައްޔިތުންނަށް ހައްޤު މިންވަރު ހޯދަން ގުޅިގެން އެކުވެރިކަމާ އެކު ފަހަތަށް ނުޖެހި ކުރިމަސައްކަތަކުންކަމަށް ފައިޒަރު ފާހަގަކުރެއްވިއެވެ.

ވެރިކަން ނިމޭ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް ރައްޔިތުންގެ ހުރި މިފަދަ އެތަށް ކަންބޮޑުވުންތަކެއްގެ ވާހަކަތައް އަންނަނީ އިވެމުންނުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ސަރުކާރު ގެނައި މީހުން އެހެން މިއަދު އެކިޔަނީ�