ޚަބަރު
މެންޗެސްޓާ ޔުނައިޓެޑުން ހޫނު މޫސުމުގައި ސޮއިކުރާާ ފުރަތަމަ ކުޅުންތެރިޔަކަށް މައުންޓް

60 މިލިއަން ޕައުންޑްގެ މޭސަން މެންޗެސްޓާ ޔުނައިޓެޑްއަށް ސޮއި ކުރުމުގެ ކުރިން ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަކޮށްފި އެވެ.

މިހާރު ކޮންޓްރެކްޓްތައް ފައިނަލް ކުރަމުން އަންނަ އިރު، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޔުނައިޓެޑް އިން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. މި އެއްބަސްވުމަކީ 55 މިލިއަން ޕައުންޑްގެ އިނިޝިއަލް ޕޭމަންޓް ޕްލަސް ޕާފޯމަންސް ރިލޭޓެޑް އެޑްއޮންސްގެ ގޮތުގައި 5 މިލިއަން ޕައުންޑެވެ.

ސްކައި ސްޕޯޓްސް ނިއުސްއިން ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ ތެރޭގައި 5 މިލިއަން ޕައުންޑުގެ އެޑް-އޮންތަކެއް ހިމެނެއެވެ. ޔުނައިޓެޑުން އިންގްލެންޑް މައުންޓް އަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ހުށަހެޅީ އިތުރު އަހަރުގެ އޮޕްޝަނަކާ އެކު އެވެ.

ސްޓެމްފޯޑް ބްރިޖުގައި މައުންޓުގެ ކޮންޓްރެކްޓަށް ބާކީ އެއް އަހަރު އޮތްއިރު، މީގެ ކުރިން ޔުނައިޓެޑުން ޗެލްސީއަށް ހުށަހެޅި ތިން ބިޑެއް ވަނީ ނާކާމިޔާބުވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގް އެންމެ ފުރަތަމަ މައުންޓްގައި ޖެހުނީ އަޔެކްސްގެ ކޯޗަކަށް ހުރި ދުވަސްވަރު އެވެ.

އަޔެކްސްގެ ކޯޗް ކަމާއި ހަވާލުވެ ހުންނެވި އިރު ޓެން ހޭގް ވަނީ ޗެލްސީއިން ލޯނު އެއްބަސްވުމެއްގެ ދަށުން ނެދަލެންޑްސްގެ ކްލަބަށް މައުންޓް ސޮއިކުރުވަން މަސައްކަތް ކޮށްފަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މައުންޓް ވަނީ ސެންޓްރަލް މިޑްފީލްޑުން ސީނިއާ ފުޓްބޯޅައިގެ ފުރަތަމަ ފުލް ކެމްޕެއިންގައި 14 ގޯލާއި 10 އެސިސްޓްހަދާ  ޓެން ހޭގްގެ ސަމާލުކަން ހޯދާފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!